އޯޑަރު ކުރި ސްޕާޓް ފޯނު މާ އަވަހަށް ޑެލިވަރީ ކުރާތީ ފައިސާ ހަމަކުރަން ކުއްޖަކު ލޭ ވިއްކަން އުޅެނި

ސްޕާޓް ފޯނެއް ގަންނަން އިންޑިއާ ކުއްޖަކު ލޭ ވިއްކަން މަސައްކަތް ކޮށްފި އެވެ. ވެސްޓް ބެންގޯލްގެ ދިނަޖްޕޫރުގެ އުމުރުން 16 އަހަރުގެ ކުއްޖާ އޯޑަރު ކުރީ 9،000 އިންޑިއަން ރުޕީސްއަށް ދޭ ފޯނެކެވެ. އެ ކުއްޖާ ލ...

20 Oct 2022 | 06:27

ސްޕާޓް ފޯނެއް ގަންނަން އިންޑިއާ ކުއްޖަކު ލޭ ވިއްކަން މަސައްކަތް ކޮށްފި އެވެ.

ވެސްޓް ބެންގޯލްގެ ދިނަޖްޕޫރުގެ އުމުރުން 16 އަހަރުގެ ކުއްޖާ އޯޑަރު ކުރީ 9،000 އިންޑިއަން ރުޕީސްއަށް ދޭ ފޯނެކެވެ. އެ ކުއްޖާ ލޭ ވިއްކުގެ ނިޔަތުގައި ދިޔައީ އެ ސަރަހައްދުގެ ހޮސްޕިޓަލަކަށެވެ.

އެ ހޮސްޕިޓަލްގެ ބްލަޑް ބޭންކުގެ މުވައްޒަފަކު މީޑިއާގައި ބުނީ އެ ކުއްޖާގެ މައްސަލަ ފާހަގަވީ ލޭ ދިނުމަށް ފަހު ބަދަލުގައި ފައިސާ ދޭން ޑިމާންޑު ކުރަން ފެށުމުންނެވެ. ލެއަކީ އެއްވެސް މީހަކު އަގަކަށް ދޭއެއްޗަކަށް ނުވާތީ އެ ކުއްޖާ ގޮތް ދޫނުކުރުމުން ހޮސްޕިޓަލުން ވަނީ އެ ޑިސްޓްރިކްޓުގެ ޗައިލްޑް ކެއާ ޑިޕާޓްމެންޓަށް އެންގީ އެވެ.

އެ ޑިޕާޓްމެންޓުން ކުއްޖާއާއި ދެކެވެނުނު ވާހަކަތަކުން އެނގުނު ގޮތުގައި އެ ކުއްޖާ ލޭ ވިއްކައިގެން އަވަހަށް ފައިސާ ބޭނުންވީ އޮންލައިންކޮށް އޯޑަރު ކުރި ފޯނު އުންމީދު ކުރި ވަރަށް ވުރެ އަވަހަށް ޑެލިވަރީ ވާން އުޅޭތީ އެވެ. އެ ކުއްޖާ ބުނީ އެހާ އަވަހަށް 9،000 ރުޕީސް އަށް ވާވަރަށް ފައިސާ ހަމަ ނުކުރެވޭނެ ކަން އެނގުމުން އަވަސް ވާނެ ގޮތެއް ހޯދަން ލޭ ވިއްކަން ނިންމީ ކަމަށެވެ.

އެއީ ގްރޭޑް 12 ގައި ކިޔަވާ ދަރިވަރަކެވެ. މި މައްސަލައިގަ އޭނާއަށް ފިޔަވަޅެއް އެޅިކަމެއް ނުވަތަ އެ ސްމާޓް ފޯނު ގަނެވޭގޮތްވިކަމެއް ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް