ޕްރިމިއާ ލީގު: ޗެލްސީ މެޗު އެއްވަރުވިއިރު، ލިވަޕޫލަށް ހަނި މޮޅެއް

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ ބްރެންޓްފޯޑް މެޗު އެއްވަރުވިއިރު، ލިވަޕޫލް ވެސްޓްހަމް އަތުން މޮޅުވެއްޖެއެވެ. ބްރެންޓްފޯޑް ދަނޑުގައި ޗެލްސީ އަދި ބްރެންންޓްފޯޑް ބައްދަލުކުރި މެޗ...

20 Oct 2022 | 05:52

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ ބްރެންޓްފޯޑް މެޗު އެއްވަރުވިއިރު، ލިވަޕޫލް ވެސްޓްހަމް އަތުން މޮޅުވެއްޖެއެވެ.

ބްރެންޓްފޯޑް ދަނޑުގައި ޗެލްސީ އަދި ބްރެންންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އަދި ލިވަޕޫލުން ވެސްޓްހަމްއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިންނެވެ.

ޗެލްސީ އަދި ބްރެންޓްފޯޑް ބައްދަލުކުރި މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނުނަމަވެސް އެއްވެސް ޓީމަކަށް ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ގޮތް ނުވެފައެވެ.

ލިވަޕޫލް އަދި ވެންސްޓްހޭމް ބައްދަލުކުރި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. މި ހާފުގެ 22 ވަނަ މިނެޓުގައި ލިވަޕޫލުން ލަނޑު ޖަހާ މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑާވިންގ ނޫނޭޒްއެވެ.

ރޭގެ މި ނަތީޖާ ތަކާއި އެކު ޗެލްސީ 20 ޕޮއިންޓާއެކު ހަތަރު ވަނާގައި އޮތްއިރު، ލިވަޕޫލް އޮތީ 10 މެޗުން 16 ޕޮއިންޓާއެކު ހަތްވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް