ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ސަސްޕެންޑް ކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްއީ) އިން މިއަދު ބުނީ، އަހުމަދު ނިޝާރު އައްޔަނުކުރި ގޮއިދޫ ކޯޓަށް ގަވާއިދުން ނުކުތުމުގެ ބަދަލުގައި ނުކުންނަމުން ގޮސްފައިވަނީ އިސްމެޖިސްޓްރޭޓާ ހަވާލުކޮށްފައިވާ ބ. ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ކަން ކަމާބެހޭ ލިޔެކިއުމުންނާއި އިސްމެޖިސްޓްރޭޓްގެ އިއުތިރާފުން ސާބިތުވާ ކަމަށެވެ.
އެހެންކަމުން މިކަމުގައި އިސްމެޖިސްޓްރޭޓް ނިޝާރު އަމަލުކޮށްފައި ވަނީ ހަވާލުކޮށްފައިވާ، ކޯޓުތަކުގެ މަސައްކަތްކުރުމަށް ހާޒިރުވުމާ ގުޅޭގޮތުން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ޖޭއެސްސީން ބުނެފައި ވެއެވެ.
ޖޭއެސްސީން ބުނީ އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ މި އަމަލަކީ، ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، މުސާރަ އާއި އިނާޔަތް ނުލިބޭގޮތަށް އިސްމެޖިސްޓްރޭޓް އަހުމަދު ނިޝާރު ވަޒީފާގެ މަސައްކަތަށް ނުކުތުން 14 ދުވަހަށް މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް