އއ. އުކުޅަހުގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރުއެޅުމަށް ނިންމާ، އެ މަސައްކަތް ކޮންޓްރެކްޓަރަކާ ޙަވާލުކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން ޑިޒައިން އެންޑް ބިލްޑް އުޞޫލުން މި މަޝްރޫޢު އެވޯޑްކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ އާދަމް އާޒިމެވެ.
މި މަޝްރޫޢުގެ ދަށުން އުކުޅަހުގެ ޖުމްލަ 2.68 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ރަށުގެ މައި ހުރިހާ މަގުތަކެއް ހިމެނެއެވެ. ހަމައެހެންމެ މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް، މަގުބައްތި ޖެހުމުގެ މަސައްކަތްވެސް ކުރާނެއެވެ.
އުކުޅަހުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މިއީ 59.4 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް