ވެމްކޯއަށް ސެކިއުރިޓީ ގާޑުން ހޯދަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސެކިއުރިޓީ ގާޑުން ހޯދަން އިއުލާނުކޮށްފިއެވެ. އިއުލާނުކޮށްފައިވަނީ 20 ވަޒީފާއެވެ. މި ވަޒީފާގެ މުސާރައަކީ އަށް ހާހާއި 10 ހާހާއި ދެމެދުގެ މުސާރައެއް ކަމަށާއި ...

20 Oct 2022 | 03:56

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ސެކިއުރިޓީ ގާޑުން ހޯދަން އިއުލާނުކޮށްފިއެވެ. އިއުލާނުކޮށްފައިވަނީ 20 ވަޒީފާއެވެ.

މި ވަޒީފާގެ މުސާރައަކީ އަށް ހާހާއި 10 ހާހާއި ދެމެދުގެ މުސާރައެއް ކަމަށާއި ވަޒީފާއަށް އެދޭ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވަޒީފާއަށް އެދި ފޯމު ހުށަހަޅަންވާނެކަމުގައި ވެމްކޯއިން ބުނެއެވެ. ފޯމު ހުށަހަޅަންޖެހެނީ ވެމްކޯގެ މައި އޮފީހަށެވެ.

ވަޒީފާގެ މި ފުރުސަތަށް އެދި ކުރިމަތިލުމުގެ ޝަރުތަކީ ދިވެހި ރައްޔިތަކަށްވުމާއި، މަގާމާއި ގުޅޭ ދާއިރާއެއްގައި ތައުލީމާއި ތަޖުރިބާ އަދި ތަމްރީނު ލިބިފައިވާ ފަރާތަކަށް ވުމުގެ އިތުރުން އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުމުގެ އިތުރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކަށް ވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް