އިންޑިއާގައި ގްރޫޕަކުން އަންހެނަކު ރޭޕްކޮށް، ޖިންސީ ގުނަވަނަށް ދަނގަޑެއް ހެރުމަށް ފަހު އެއްލާލައިފި

އިންޑިއާގައި ގްރޫޕަކުން އަންހެނަކު ރޭޕް ކުރުމަށް ފަހު މަގު މައްޗަށް އެއްލާލާފައި އޮއްވަ ފެނިއްޖެ އެވެ. މި ހާދިސާ ހިނގީ އުއްތަރް ޕްރަދޭޝްގެ ގާޒީއާބާދުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބޮޑު ކޮތަޅަކަށް ލ...

20 Oct 2022 | 03:51

އިންޑިއާގައި ގްރޫޕަކުން އަންހެނަކު ރޭޕް ކުރުމަށް ފަހު މަގު މައްޗަށް އެއްލާލާފައި އޮއްވަ ފެނިއްޖެ އެވެ.

މި ހާދިސާ ހިނގީ އުއްތަރް ޕްރަދޭޝްގެ ގާޒީއާބާދުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބޮޑު ކޮތަޅަކަށް ލުމަށް ފަހު އެ އަންހެން މީހާ މަގުމައްޗަށް އެއްލާލާފައި އޮއްވަ ފެނިގެން ފުލުހުންނަސް ރިޕޯޓު ކުރީ އާންމުންނެވެ.

އެ ސަރަހައްދުގެ ފުލުހުން މީޑިއާގައި ބުނީ އުމުރުން 22 އަހަރުގެ އަންހެން މީހާ މަގުމައްޗަށް އެއްލާލާފައި އޮތްއިރު ލޭގެ ކޯރެއް ހެދިފައިވާ ކަމަށާއި އެމީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އަދި އޭނާ އެއްލާލާފައި އޮތީ ޖިންސީ ގުނަވަނަށް ދަނގަޑެއް ހެރުމަށް ފަހު ކަމަށް ބުންޏެވެ.

މި މައްސަލައިގަ ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައި އެވެ. އެ ހަތަރު މީހުންނަކީ އަންހެން މީހާ ދަންނަ މީހުން ކަމަށާއި އެ މައްސަލައިއިގަ އިތުރު މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ އަންހެން މީހާ އަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ނިސްބަތްވާ އަންހެނެކެވެ. އޭނާ ގާޒީއާބާދަށް ދިޔައީ ބޭބެ އާއި އެކު އުފަންދުވަސް ފާހަގަ ކުރަން މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ފަސް މީހުން އޭނާ ކާރަކަށް އަރުވައިގެން ވަގައް ނަގައިގެން ގެންދިޔައީ އެރޭ އޭނާ އެނބުރި ދިއުމަށް މަގުމަތީގައި އޮޓޯއެއް ހޯދުމަށް ހުއްޓަ ކަމަށްވެ އެވެ. އޭރު ބޭބެ އޭނާ މަގުމައްޗަށް ގެންގޮސް ދިނުމަށް ފަހު އެނބުރި ގެއަށް ގޮސްފައިވާ ކަމަށްވެ އެވެ.

އެމީހުން ތަހުގީގުގައި ބުނެފައިވާ ގޮތުގައި އެ އަންހެން މީހާ ދެ ދުވަސް ވަންދެން ރޭޕް ކުރި އެވެ. އަދި އެކި ފަހަރު މަތިން އެ ދަގަ6ނޑު އޭނާގެ ޖިންސީ ގުނަވަނަށް ވައްދައިގެން އަނިޔާ ދީފައިވާނެކަމަށް ބުނެފައިވެ އެވެ. އަންހެން މީހާ ސީރިއަސް ހާލަތެއްގައި އޮތީ އެހެންވެ ކަމަށްވެ އެވެ.

މިހާރު އަންހެން މީހާއަށް ފަރުވާ ދިނުމަށް ދިއްލީއަށް ވަނީ ގެންގޮސްފަ އެވެ. އެކަމަކު އޭނާ ސަލާމަތްވާނެ ކަމުގެ އުންމީދު ވަރަށް ކުޑަ އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ މުދާ ބެހުމާއި ގުޅޭ ކޮންމެ ކަމެއް އުޅޭކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލް އަދި ނުހޯދޭ ކަމަށް ބުންޏެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް