ލ ގަމުގައި މިރޭ ގްރޫޕް މާރާމާރީއެއް ހިންގައި ޒުވާނަކަށް ކަތިވަޅިން ހަމަލާ ދީފި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ލ ގަމު މުކުރިމަގު އަވަށުގައި ހަތަރު މީހުންގެ ގްރޫޕަކުން ހިންގި މި މާރާމާރީގައި ޒަހަމް ކޮށްލާފައިވަނީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. މި ހަމަލާ ދީފައިވަނީ މިރޭ 09:00 ހާއިރުގަ އެވެ.
މި ހަމަލާގައި ޒަހަމްވި ޒުވާނާއަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ގައިގެ "އެތަން މިތަނަށް" ކަތިވަޅިން ހަމަލާ ދީފައި ވެ އެވެ. މޫނަށްވެސް ހަމަލާ ދީފައި ވެ އެވެ.
އެންމެ ބޮޑަށް ހަމަލާ ދީފައިވަނީ ކަނާތަށް ކަމުގައިވާއިރު ކަނާތު ނާރެއް ބުރިވެފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި މި ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މާދަމާގެ ވަގުތެއްގައި އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ތަފްސީލް އަންނަނީ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް