މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންގ (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިރޭވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
މިއީ ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކުރި ތިން ވަނަ ފަހަރެވެ. މިދިޔަ އާދިއްތަ ދުވަހާއި ހޯމަދުވަހު ވެސް ޒިޔަތު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެ އެއެވެ.
ތިން ދުވަސްމަތިން ތިން ފަހަރު ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް ޒިޔަތު ހާޒިރު ކުރަމުންދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ޒިޔަތުވެސް މިކަމާމެދު އެއްޗެކޭ ބުނެފައެއް ނުވެ އެވެ.
އެހެން ނަމަވެސް އެމްއެމްޕީއާރުސީން އެތެރެކުރިކަމަށްބުނާ ބަޑިބޭސް ކޮންޓޭނާއެއްގެ މައްސަލަ ފުލުހުންނާއި އެމްޕީއެލް ގުޅިގެން ބަލަމުން އަންނަކަން މިއަދު ވަނީ ފެންމަތި ވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް