އެމްޕީ ނިހާނަށް ޑރ. ޖަމީލުގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

އާދޭސްކޮށްގެންވެސް ނައިބު ރައީސަކަށް އަދީބު ގެންނަން މަސައްކަތް ކުރި ކަމަށާއި އެހެންވީމާ ރައީސްކަންވެސް ހޯދައިދޭން މަސައްކަތް ނުކުރަންވީ ސަބަބެއް ނެތްކަމަށް ބުނެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަ...

20 Oct 2015 | 17:30

އާދޭސްކޮށްގެންވެސް ނައިބު ރައީސަކަށް އަދީބު ގެންނަން މަސައްކަތް ކުރި ކަމަށާއި އެހެންވީމާ ރައީސްކަންވެސް ހޯދައިދޭން މަސައްކަތް ނުކުރަންވީ ސަބަބެއް ނެތްކަމަށް ބުނެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނަށް ހޫނު ބަހުގެ ހަމަލާތަކެއް ދީފި އެވެ.

ޑރ. ޖަމީލު އެމްޕީ ނިހާނަށް ބަހުގެ ހަމަލާތަކެއް ދީފައިވަނީ ޑރ. ޖަމީލު ކުރެއްވި ޓްވީޓްބަރިއެއްގަ އެވެ.

ފުރަތަމަ ޓްވީޓްގައި ވިދާޅުވެފައިވަނީ ނިހާން ނިސްބަތްވާ ގެއަކުން ސީސީޓީވީ ފުޓޭޖު ގެންދިއުމަކީ ލޯންޗުކޮޅުގެ ހާދިސާގެ ތަހުގީގަށް އައި "ޓްވިސްޓް" އެއް ކަމަށެވެ.

https://twitter.com/MJameelAhmed/status/656517102669570048

ދެން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ނިހާން އުޅެމުންދަނީ ލިބޭ އެއްޗަކަށްވުރެ މަތީ ދިރިއުޅެމެއްގައި ކަމަށް އަޑު އިވޭ ކަމަށެވެ. އެހެންކަމުން އެކަން އޭސީސީން ތަހުގީގު ނުކުރާންވީ ސަބަބެއް ނެތް ކަމެށެވެ.

ހަމަ އެކަމާ ގުޅުވާ ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހުރެ ގޮތް ނޭނގޭ ގޮތްގޮތަށް އަގުބޮޑު ކާރުތަކާއި ފްލެޓްތައް ގަނެ ދިރިއުޅޭގޮތް ބެލެވެން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް