ފުރިހަމަ ހެއްކާއި ގަރީނާ ނުލިބޭހާ ހިނދަކު ވަކި މީހަކީ ކުއްވެރިއެއް ކަމަށް ހީކުރުވަން އަޑު ފެތުރުމަށް ޖާގަ ދިނުމަކީ ބޮޑު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ވިދާޅުވެއްޖެ އެވެ.
މެމްބަރު މުސްތަފާ މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/Thimarafushi/status/656509430389870592
މިކަމަށް ބާރުދީ މުސްތަފާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ މަސްލަހަތާއި ޒާތީ ތައައްސުބު އޮތް މާހައުލެއްގައި އަދުލުވެރި އިންސާފުވެރި ތަހުގީގެއް ނުކުރެވޭނެކަން ކަށަވަރު ކަމަށެވެ. "ވީ ނޯ އީޗް އަދާ ވެލް" ކަމަށްވެސް އެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.
https://twitter.com/Thimarafushi/status/656509878228246528
އެމްޕީ މުސްތަފާ މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާގައި ތަހުގީގު ކުރިއަށްދާއިރު ގިނަ ފަރާތްތަކަކުން އެ ހަމަލާގެ ތުހުމަތުގެ އިނގިލި ނައިބު ރައީސް އަހުމަދު އަދީބަށް ދިއްކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މުސްތަފާއަކީ ނައިބު ރައީސް އަހުމަދު އަދީބުގެ ވަރަށް އަރިސް އެމްޕީއެއް ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް