ރައީސް މަލްޓާގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ހަތިޔާރު ގުދަނެއް ނުވަތަ އެކަމާ ގުޅުންހުރި އެއްވެސް ވާހަކައެއް ލިޔުއްވާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/SpokespersonMV/status/656508352642461696
ހަމަ މިކަމާއި ގުޅުވާ ތަރުޖަމާނު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ބޭރުގެ އެއްވެސް ހަތިޔާރު ގުދަނެއް ނުހުންނާނެ ކަމަށާއި އަދި އެފަދަތަނެއް ގާއިމް ކުރުމަށް އެއްވެސް ފަރާތަކާ އެއްބަސްވެވިފައި ނުވާނެ ކަމަށެވެ.
https://twitter.com/SpokespersonMV/status/656507827008045056
ތަރުޖަމާނު މިހެން ވިދާޅުވެފައިވާއިރު ހޯމް މިނިސްޓަރު އުމަރު ނަސީރުވެސް ވަނީ ސަރުކާރުގެ ފަރާތުން މިކަން ދޮގު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް