މަލްޓާގެ ކުންފުންޏަކުން ހއ އުލިގަމުގައި ހަތިޔާރު ގުދަނެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވާއިރު އެ ހަބަރު ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ދޮގު ކުރައްވައިފި އެވެ.
މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުލިގަމުގައި ހަތިޔާރު ގުދަނެއް ނުހުންނާނެކަން، އަދި ހަތިޔާރާއި ގުޅޭ އެފަދަ އެއްބަސްވުމެއްގައި ސަރުކާރު ބައިވެރިނުވާނެ ކަންވެސް ޔަގީންކޮށްދީ ސަރުކާރުގެ ފަރާތުން އަޅުގަނޑު ކަށަވަރުކޮށްދޭ ކަމަށެވެ.
ނަމަވެސް ދުވަހަށް މައުލޫމާތު ދެމުން އުލިގަމުން މިއަދު ވާހަކަދެއްކި ބައެއް މީހުން ބުނީ އެކަމަށް ފައްކާކުރާ ކަމަށް ބުނާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެފަދަ ވާހަތަކެއް ރަށުތެރޭގައިވެސް ދެކެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް