މަހްފޫޒަށް ހަމަލާދިން މައްސަލައިގާ އެކަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް

ސެޕްޓެމްބަރު 04 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާވެޔޮމަގުގައި ހުންނަ "ވާދީ ފްރެޝް" ފިހާރަ ކައިރިން މަޙްފޫޡް ސަޢީދަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ ކ...

20 Oct 2015 | 11:44

ސެޕްޓެމްބަރު 04 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާވެޔޮމަގުގައި ހުންނަ "ވާދީ ފްރެޝް" ފިހާރަ ކައިރިން މަޙްފޫޡް ސަޢީދަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދިޔަ ކ. މާލެ، ހުޅުމާލެ ގޯތި ނަމްބަރު 11270، އަޙްމަދު ރާއިދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރުމަށްފަހު މިއަދު ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައި ވާކަމަށެވެ.

މި މައްސަލާއާ ގުޅިގެން ރ. އިނގުރައިދޫ، ކަރަންކާގެ، ޙުސައިން ޝަފްރާޒް އިބަރާހީމް  ހޯދުމަށްވެސް ފުލުހުން ވަނީ އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައެވެ.

ރާއިދު ހައްޔަރުކުރި ނަމަވެސް ހައްޔަރުކުރީ ކޮންތާކުން ކަމެއް އަދި ހައްޔަރުކުރީ ކޮން އިރަކު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް