ތަހުގީގުގަ ވަކި މީހެއްގެ ފަހަތަކުން ނުދަން، ދަނީ ހެކި ފަހަތުން: އިންކުއަރީ ކޮމިޝަން

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާގެ ތަހުގީގަށް ލަންކާއިން އައި ޓީމުގެ ރިޕޯޓް ލިބިފައިވާއިރު އެ ހަމަލާއަކީ ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްކަން ޔަގީންވެފައި ވާކަމަށާއި އެހ...

20 Oct 2015 | 11:07

ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާގެ ތަހުގީގަށް ލަންކާއިން އައި ޓީމުގެ ރިޕޯޓް ލިބިފައިވާއިރު އެ ހަމަލާއަކީ ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްކަން ޔަގީންވެފައި ވާކަމަށާއި އެހެންނަމަވެސް ތަހުގީގުގައި ވަކި މީހަކު ފަހަތުން ނުދާ ކަމަށާއި ދަނީ ހެކި ފަހަތުން ކަމަށް ނޭޝަނަލް އިންކުއަރީ ކޮމިޝަނުން ހާމަކޮށްފި އެވެ.

އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޔާމީން އެކުލަވާލެއްވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ފަރާތުން ފުރަތަމަ ފަހަރަށް ތަހުގީގާ ބެހޭގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާ ކުރުމށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ކޯ ޗެއާ، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ތަހުގީގާ ބެހޭ ޖިނާއީ މައްސަލަތައް ބަލަނީ ފުލުހުން ކަމަށާއި އެކަމުގައި ހުރިހާ ބާރެއް ފުލުހުންނަށް ދީފައި ވާނެ ކަމަށެވެ. އަދި ތަހުގީގުގައި އެއްވެސް މީހަކާ ދިމާލަށް ތުހުމަތުގެ އިނގިއްޔެއް ދިއް ނުކުރާ ކަމަށާއި ވާހަކަ ދައްކާނީ ހެއްކާ އެކުގައި ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އެ ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ތަހުގީގު ކުރިއަށްދާއިރު ރިޔާސީ ލޯންޗުކޮޅަށް ދެ ފަހަރު ޒިޔާރަތް ކުރެވިފައި ވާކަމަށާއި ކޮމިޝަނުން މިހާރެސް ގިނަ މަސައްކަތްތަކެއް ކުރެވި މައުލޫމާތު ސާފު ކުރެވިފައި ވާކަމަށެވެ.

“ސްރީލަންކާއިން އައި ތަހުގީގު ޓީމުގެ ނަތީޖާ މިވަނީ ލިބިފަ، ނަތީޖާއަށް ބަލާއިރު ވަރަށް ސާފުކޮށް އެބަ ބުނޭ ގޮއްވާލުމެއް ކަމަށް، ކުރީގެ ހޯދުންތަކަށް ގުޅުވައިދޭ، ގަބޫލުކުރެވެނީ ގޮއްވާލުމުގެ ހާދިސާއެއް ކަމަށް، ކޮންކްލޫޝަނަށް އައުމަށް ކަންތައްތަކެއް ފާހަގަކޮށްފައިވަނީ، މިވަގުތު ތަފްސީލެއް ހިއްސާ ކޮށްލެވެން ނެތީ، އިތުރަށް ކުރަން ހުރި މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުން މިދަނީ" ނަވާޒް ވިދާޅުވި އެވެ.

ތަފްސީލް އަންނަނީ ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް