ބަޑި ގުދަނުގެ އެއްބަސްވުން ނިމުމަކަށް ގެނެސް ތަހުގީގު ހިންގަންޖެހޭ: ޑރ. ޖަމީލު

ހއ އުލިގަމުގައި ބަޑިގުދަނެއް ހެދުމަށް ބަޔަކު ތައްޔާރުވަމުން އަންނަ ކަމުގެ ހަބަރު މިއަދު ހަވީރު ނޫހުގައި ޖެހުމާއެކު، އެ ބަޑި ގުދަނުގެ އެއްބަސްވުން ނިމުމަކަށް ގެނެސް އެކަން ހިނގާފައިވާގޮތް ތަހުގީގު ކުރަ...

20 Oct 2015 | 10:03

ހއ އުލިގަމުގައި ބަޑިގުދަނެއް ހެދުމަށް ބަޔަކު ތައްޔާރުވަމުން އަންނަ ކަމުގެ ހަބަރު މިއަދު ހަވީރު ނޫހުގައި ޖެހުމާއެކު، އެ ބަޑި ގުދަނުގެ އެއްބަސްވުން ނިމުމަކަށް ގެނެސް އެކަން ހިނގާފައިވާގޮތް ތަހުގީގު ކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ މިކަމާއި ގުޅިގެން ދެންމެ ކުރެއްވި ޓްވީޓްބަރިއެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ "މިފަދަ ނިންމުންތަކުން ދޭހަވަނީ ރައީސް ޔާމީން ގެ ހުދުމުތާރުކަން އަދި ރާއްޖެއަކީ ތިމަންމަނިކުފާނުގެ އަމިއްލަ މުދަލެއްކަން ދެކޭ ބޭފުޅެއްކަން" ކަމަށެވެ.

އަދި ހަތިޔާރުފަދަ ތަކެތި އާންމު ބަޔަކަށް ގެންގުޅުމުގެ ފުރުސަތު ދިން އިރުވެސް ރައްޔިތުންނާ މަޝްވަރާ ކުރުމެއް ނެތް ކަމަށާއި ރާއްޖޭގެ ސިޔާދަތަށް އަދި އިސްތިގްލާލަށް މިކަމުން ނުރައްކާ ކުރިމަތިވެދާނެކަމަށާއި މިކަން ހުއްޓާލަންޖެހޭ ކަމަށްވެސް ޑރ. ޖަމީލުގެ ޓްވީޓްތަކުގައި ވެ އެވެ.

ހަވީރު ނޫހުގައި އެ ބަޑިގުދަނާއި ބެހޭގޮތުން ތަފްސީލުކޮށް ހަބަރު ގެނެސްދީފައިވާއިރު ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ބަޑި ގުދަން ހަދާ ސަރަހައްދު މިހާރު އަންނަނީ ސާފު ކުރަމުންނެވެ.

ނަން ހާމަ ނުކުރުމަށް ސަރުތުކޮށް ސާފު ކުރުމުގައި ހަރަކާތްތެރިވާ މީހަކު ބުނީ އެތަން ސާފުކޮށް ނިމުމާއެކު ވަޒީފާތަކަށް މީހުން ނެގުމަށް އިއުލާނުކުރާނެ ކަމުގައި ސާފު ކުރުމާ ހަވާލުވެހުރި މީހާ ބުނާ ކަމަށާއި އަދި ރަށަށް ވަޒީފާގެ އެތައް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށްވެސް އެމީހުން ބުނާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް