ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ 400،000 އަށް އަރައިފި އެވެ.
ބޯހިމެނުމުގެ ރަސްމީ ނަތީޖާ މިއަދު ނެރެފައިވާއިރު އެ ނަތީޖާގައި ވާގޮތުން ރާއްޖޭގައި މިހާރު ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ އަދަދަކީ 402،000 އެވެ. ވަގުތީ ނަތީޖާގެ ގޮތުގައި މީގެ ކުރިން އިއުލާން ކޮށްފައިވާ އަދަދަކީ 341،256 އެވެ.
އަށް އަހަރުފަހުން މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ރަސްމީ ނަތީޖާ މިއަދު ނެރެދެއްވީ ދުނިޔޭގެ ތަފާސްހިސާބުގެ ދުވަސް ފާހަގަކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނުކުރި އިރު ރާއްޖޭގައި 399،939 މީހުން ދިރިއުޅޭ ކަމަށް ބުނެފައި ވެ އެވެ. ވަގުތީ ނަތީޖާގައިދިވެހިންގެ އާބާދީއަކީ 341256 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް