އަހަރެމެން ދިރިއުޅުމުގެ ކަންކަން ޓެކްނޮލޮޖީ އާއި ގުޅި ލާމެހި ދުވަހެއް ދުވަހަކަށް ޓެކްނޮލޮޖީގެ ޒަރީއާއިން ކަންކަން މި އަންނަނީ ފަސޭހަ ވަމުންނެވެ. މި ކުޑަ ކުޑަ ދިވެހި ރާއްޖެވެސް އުޅެނީ ފަހަތަކު ނޫނެވެ. އޭސިއާ ބައްރަށް ބަލައިފިއްޔާ ފިސާރި ކުރީގަ އެވެ.
ފްރީލޭންސް ހިދުމަތުގެ ވާހަކައަކީ ދިވެހިންގެ ގިނަ ބަޔަކު އަބަދުވެސް އަޑުއަހަމުންދާ ވާހަކަ އެކެވެ. ބޭރުގެ ފްރީލޭންސް ވެބްސައިޓްތަކުގައި ދިވެހި ފްރީލޭންސަރުން މަސައްކަތް ކުރާތާ ވަނީ ޒަމާންތަކެއް ވެފައެވެ. ފްރީލޭންސް ޖާނަލިސްޓުން ފްރީލޭންސް ފޮޓޯގްރާފަރުން ރާއްޖޭގައި އެބަތިއްބެވެ.
ނަމަވެސް ބޭރުގެ ފްރީލޭންސް އެ ވެބްސައިޓްތަކުގައި ބާރު ބޮޑުވެ މީހުން ގިނަވުމުގެ ސަބަބުން ރާއްޖޭގެ ފްރީލޭންސަރުންނަށް ދަތިތަކެއް ދިމާވާކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ.
ހައްލަކީ ކޮބާހެއްޔޭ ކުރެވޭ ސުވާލަށް ޖަވާބު މިވަނީ މިމަހުގެ 15 ވަނަ ދުވަހު ލިބިފައެވެ. ހައްލަކީ ފަޓާސް ކޯ އެވެ.
ފަޓާސް ޑޮޓް ކޯ އަކީ ދިވެހި ފްރީލޭންސް މަސައްކަތްތެރިންނަށް ހާއްސަކޮއްގެން ފުރިހަމަ ހިދުމަތްތަކަކާއި އެކު ތައްޔާރުކުރެވުނު ފުރަތަމަ އޮންލައިން ޕްލެޓްފޯމެވެ. ނުވަތަ އޯލް އިންވަން ސޮލުއިޝަން އެކެވެ.
ފަޓާސް ކޯ އަށް މި ހިޔާލު ލިބުނު ގޮތް ދުވަސް ނޫހާ ހިއްސާ ކުރި އެވެ.
"އެކި މަސައްކަތްތަށް ނުވަތަ ބޭނުންވާ ޙިދުމަތްތައް އަގުހެޔޮކޮށް ފޯރުކޮށްދޭނެ ހުނަރުވެރި ފަރާތްތައް ވަރައްގިނަ، ނަމަވެސް އެ ފަރާތްތައް ހޯދުމަށް އުޅެންޖެހޭ ދަތި އުނދަގޫ ގޮތުގެ ސަބަބުން އެފަދަ ފަރާތްތައް ފަސޭހައިން ހޯދޭނެ އަދި އިތުބާރު ކުރެވޭ، މަސައްކަތްތައް ހެޔޮ އަގުގައި އަދި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދީ ޙިދުމަތް ދޭ ފަރާތާއި ގަންނަ ފަރާތް ޒިންމާދާރު ކުރެވޭނެ ޕްލެޓްފޯ މެއްގެ ބޭނުން ތެރިކަން ވިސްނުނީ، އެހެނިހެން އޮންލައިން ކްލެސިފައިޑްތަކުގައި މަސައްކަތް ޖަހާފައި ހުންނަ ފަރާތްތަކަށް އޮންނަ އެންމެ ބޮޑު ދަތި ކަމަކީ ނުވަތަ ބިރަކީ ގަންނަ ފަރާތަށް އޮންނަ އިތު ބާރުގެ ޔަގީންކަން، މިސާލަކަށް ފޮތެއްގެ ކަވަރ ޕޭޖް ޑިޒައިން ކުރަން މީހަކު ގުޅާފަ ބުނީ. އެއް ދުވަސް ވަންދެން ބުރަކޮށް މަސައްކަތް ކުރުމަށްފަހު ކަވަރ ޕޭޖް ނިންމާލާފައި ގަންނަން ބޭނުންވި ފަރާތަށް ގުޅާލީމަ ފޯންއަށް ޖަބާބު ނުދެނީ، ނުވަތަ ދެން ބޭނުމެއްނެތޭ، ނޫނީ އެއައްވުރެ އަގު ހެޔޮ އޮފަރ އެއް ލިބުމުން އޭގެ ބޭނުން ހިފީއޭ ބުނެފާނެ، ބުރަކޮށް މަސައްކަތް ކުރި ފަރާތަށް އެލިބިގެންދިޔައީ ވަރަށް ބޮޑު ގެއްލުމެއް، އެތައްގަޑި އިރެއްގެ މަސައްކަތް ބޭކާރު ވެގެން އެ ދިޔައީ، ފަޓާސް ޑޮޓް ކޯ އިން މިފަދަ ތަދިތައް ނައްތާލަދޭނެ، އަދި ގަންނަ ފަރާތައްވެސް ފުރިހަމަ އަވަސް އަދި ކޮލިޓީ ހިދުމަތެއް ލިބޭނެ މަގު ފަހު ކޮށްދޭނެ" ފަޓާސް ކޯ ހިންގުމުގެ ފަހަތުގައިވާ ޒުވާން ޓީމަށް މި ހިޔާލު ލިބުނުގޮތް ހިއްސާ ކުރި އެވެ.
ފަޓާސް ކޯ އިން ހާމަކުރާ ގޮތުގައި ފަޓާސް ޑޮޓް ކޯގެ އަނެއް ތަފާތަކީ އެމީހުން އަބަދުވެސް ތިބޭނީ ޕްލެޓްފޯމް މާރކެޓް ކުރުމުގައި ކަމަށާއި މީގެ ސަބަބުން ވެބްސައިޓް ގައި ހުންނަ ހުރިހާ ހިދުމަތެއްވެސް އިސްތިހާރު ވެގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަސް މުސްތަގްބަލެއްގައި ވެބްސައިޓްގައި ހުންނަ ވަކި ވަކި ހިދުމަތްތަށް (ޖޮބްތައް) ވަކި ވަކިން ސޯޝަލް މީޑީއާގައި އިޝްތިހާރު ކުރަން ފަށާނެ ކަމަށާއި މީގެ ބޭނުމަކީ ފުރީލޭންސަރުން ބޮޑަށް އެކްސްޕޯސް ކުރުން ކަމަށްވެސް ފަޓާސް ކޯ އިން ހާމަކުރެ އެވެ. އަދި ވެބްސައިޓްގެ ހޯމް ޕޭޖެ ގައި ހިމެނޭ ފީޗާރޑް ޖޮބްސް ބައިގައި ފީއަކާއި ނުލައި ހިމެނުމަށް އިސްކަންދީފައިވާނީ އާދަޔާހިލާދު ތަފާތު ނުވަތަ ޔުނީކް ހިދުމަތްތަކަށް ކަމަށްވެސް ފަޓާސް ކޯ އިން ހާމަކުރެ އެވެ.
ފަޓާސް ޑޮޓް ކޯ ވެބްސައިޓް ހިންގައި މެނޭޖް ކުރަނީ ރާއްޖޭގައި ރެޖިސްޓަރ ވެފައިވާ އަމިއްލަ ވިޔަފާރިއެއް ކަމުގައިވާ 'ފަޔާރވޯކްސް' އިންނެވެ.އެ ފަރާތުން ފާހަގަކުރާ ގޮތުގައި ފަޓާސް ކޯ ހިދުމަތް ދޭ ފަރާތް (ފްރީލޭންސާ) އާއި ގަންނަ ފަރާތަށް ފުރިހަމަ ރައްކާތެރިކަން ޔަގީންކަން ލިބިގެންދާނެ އެވެ.
ކޮންމެ މީހަކަށްވެސް ފަޓާސް ޑޮޓް ކޯ ގައި ރެޖިސްޓަރ ވުމަށްފަހު ފީ އަކާއި ނުލައި ހިދުމަތެއް (ޖޮބެއް) ކްރިއޭޓް ކުރެވޭއިރު ކާމިޔާބު ކަމާއެކު ފޯރުކޮށްދީ ނިންމާލާ ޚިދުމަތުގެ އަގު ގެ ތެރެއިން %7 ފީއެއްގެ ގޮތުގައި ފްރީލެންސަރގެ އަތުން ފަޓާސް ޑޮޓް ކޯއަށް ނެގޭނެ ކަމަށާއި މި ފީއަކީ ޕްލެޓްފޯމް މާރކެޓް ކުރުމަށް ނެގޭ ފީއެއް. މީގެސަބަބުން ވެބްސައިޓްގައިވާ ހުރިހާ ޚިދުމަތްތަކެއް އިސްތިހާރު ވެގެންދާނެ ކަމަށް އެ ފަރާތުން ހާމަކުރެ އެވެ.
ފަޓާސް ކޯ ވެބްސައިޓް މަސައްކަތްކުރާ ގޮތަށް ބަލާއިރު ވެބްސައިޓް އިން ބޭނުންވާ ހިދުމަތެއް ހޯދުމަށްފަހު، އެޑްވާންސް ކޮށް ފަޓާސް ޑޮޓް ކޯއަށް ފައިސާ ދައްކަން ޖެހެ އެވެ. މަސައްކަތުގެ އަގުގެ އިތުރުން ގަންނަފަރާތުން އެއްވެސް ފީއެއް ފަޓާސް ޑޮޓް ކޯއިން ނުނަގައެވެ. ގަންނަ ފަރާތުން ފައިސާ ދެއްކުމުން މިކަން ފަޓާސް ޑޮޓް ކޯއިން ފްރީލެންސަރ އަށް އަންގަ އެވެ. އަދި އެއާއެކު މަސައްކަތް އަމަލީގޮތުން ފުރީލެންސަރ އަށް ފެށިދާނެ އެވެ.
" މަސައްކަތް ނިންމާ ގަންނަފަރާތާއި ހަވާލު ކުރެވެންދެން ފައިސާ ހުންނަނީ ފަޓާސް ޑޮޓް ކޯއިން ހޯލްޑް ކޮއްފައި، މަސައްކަތް ނިންމައި ހަވާލު ކުރެވުމާއި އެކު މަސައްކަތުގެ އަގު ވަގުތުން ފުރީލެންސަރ އަށް ފަޓާސް ޑޮޓް ކޯއިން ފޯރުކޮއްދޭނެ، މަސައްކަތަށް ކަ ނޑައެޅިފައިވާ މުއްދަތުގައި މަގުބޫލު ސަބަބަކާއި ނުލައި މަސައްކަތް ނުނިންމައިފިނަމަ ނުވަތަ ފުރީލެންސަރ ގެ ހަބަރެއް ނުވެއް ޖެނަމަ ގަންނަފަރާތުން ދައްކައިފައިވާ ފައިސާ އެއްވެސް އުނި އިތުރަކާއި ނުލައި ހަމަޔަށް ރީފުންޑް ކޮއްދެވޭނެ، ނިންމައި ފޯރުކޮއްދީފައިވާ ހިދުމަތާއި ވެބްސައިޓްގައި ބަޔާން ކުރެވިފައިވާ ހިދުމަތާއި ފުށުއެރުމެއް ނުވަތަ ތަފާތު ތަކެއް ވާނަމަ، ވާހަކަ ދައްކައިގެން ހައްލު ކުރުމުގެ އިހުތިޔާރު ދެ ފަރާތައްވެސް ލިބިގެންދާނެ" ފަޓާސް ކޯ އިން ހާމަކުރެ އެވެ.
މި އޮބި ހިދުމަތް ދިވެހިންނަށް ހާއްސަކޮށް ފަޓާސް ކޯ މެދުވެރިކޮށް ލިބެން ފަށާފައިވާއިރު ކޮންމެ މަސައްކަތެއްވެސް ނިމުމުން ގަންނަ ފަރާތުން ނާއި ހިދުމަތް ދިން ފަރާތުން އެ މަސައްކަތަކަށް ފީޑްބެކް ފޯރުކޮއްދޭން ޖެހޭނެ ކަމަށާއި މި ފީޑްބެކްތައް ހުންނާނީ އެމަސައްކަތެއްގެ ޕޭޖް އިން ޕަބްލިކް ކޮށް ފެންނާނެގޮތަށް ކަމަށް އަދި މަސައްކަތް ފޯރުކޮއްދޭ ފަރާތް (ފްރީލޭންސަރު) ގެ ޕްރޮފައިލް އިންވެސް އޭނައަށް ލިބިފައިވާ ފީޑްބެކްތައް ފެންނަން ހުންނާނެ ކަމަށް ފަޓާސް ކޯ އިން ހާމަކުރެ އެވެ. އަދި މީގެ މަގުސަދަކީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަށް ޒިންމާދާރުކުރުވުން ކަމަށާއި މި ފީޑްބެކް ތަކުން އެންމެ ކުރީގައި އުޅޭ ފްރީލޭންސަރ އިންނަށް ހާއްސަ ރޭންކް ތަކެއް ދެވޭނެ ކަމަށާއި އެގޮތުން، ގޯލްޑް އަދި ޓޮޕް ރޭޓެޓް ސެލަރ ފާހަގަ ކޮއްލެވޭ ކަމަށްވެސް ފަޓާސް ކޯ އިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް