ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ، ފަތުރުވެރިން ސަމާލުވުމަށް އިލްތިމާސް ކުރަން: އޮސްޓްރޭލިއާ

ރާއްޖެ ޒިޔާރަތް ކުރުމުގައި ފަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށް އޮސްޓްރޭލިއާއިން ޓްރެވަލް އެލާޓެއް ނެރެފި އެވެ. އިއްޔެ ނެރުނު އެލާޓްގައި ބުނަފައިވަނީ ރާއްޖޭގެ ސަރުކާރާއި ދެކޮޅަށް އަދި ފަތުރުވެރި މ...

20 Oct 2015 | 02:33

ރާއްޖެ ޒިޔާރަތް ކުރުމުގައި ފަތުރުވެރިން ސަމާލުވުމަށް އިލްތިމާސްކޮށް އޮސްޓްރޭލިއާއިން ޓްރެވަލް އެލާޓެއް ނެރެފި އެވެ.

އިއްޔެ ނެރުނު އެލާޓްގައި ބުނަފައިވަނީ ރާއްޖޭގެ ސަރުކާރާއި ދެކޮޅަށް އަދި ފަތުރުވެރި މަންޒިލްތަކާއި ދެކޮޅަށް ޓެރަރިޒަމްގެ ހަމަލާއެއް ހިނގާފާނެ ކަމަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިން މާލޭގައި އުޅޭއިރު ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެހެން ނަމަވެސް މާލެ ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުގައި މާ ބޮޑު ނުރައްކަލެއް ނެތް ކަމަށާއި އެހެން ހިސާބުތަކުގައި އާންމު މިންގަނޑުގައި ރައްކާތެރިކަމަށް ސަލާމުވުމުން ފުދޭނެ ކަމަށްވެސް އޮސްޓްރޭލިޔާގެ ޓްރެވެލް އެލާޓްގައި ވެ އެވެ.

އޮސްޓްރޭލިޔާ އިން މި އެލާޓް ނެރެފައިވާއިރު އެލާޓް ނެރެފައިވަނީ ކޮން އަސާސެއްގެ މައްޗަށް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް