ސަރުކާރުގެ އިސް ބޭފުޅުންގެ ގެތައް ބަލާ ފާސްކުރަނީ އެބޭފުޅުންނަށް ރައީސް އިތުބާރު ނުކުރައްވާތީކީ ނޫން: މުހައްމަދު އިސްމާއިލް

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާ، ހިނގި ހާދިސާ އާއި ގުޅިގެން ސަރުކާރުގެ އިސް ބޭފުޅުންގެ ގެކޮޅުތައް ސަލާމަތީ ބާރުތަކުން ބަލާ ފާސްކުރަނީ ރައީސް އެ ބޭފުޅުންނަށް އިތުބާރު ނުކުރައްވާތީ ނޫން ކަމަށާއި އެކ...

20 Oct 2015 | 01:53

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވާ، ހިނގި ހާދިސާ އާއި ގުޅިގެން ސަރުކާރުގެ އިސް ބޭފުޅުންގެ ގެކޮޅުތައް ސަލާމަތީ ބާރުތަކުން ބަލާ ފާސްކުރަނީ ރައީސް އެ ބޭފުޅުންނަށް އިތުބާރު ނުކުރައްވާތީ ނޫން ކަމަށާއި އެކަމަކީ ވީހާވެސް ޓްރާންސްޕޭރެންޓްކޮށް މައްސަލަ ބަލަމުންދާ ކަމުގެ ހެއްކެއް ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މެމްބަރު މުހައްމަދު އިސްމާއިލް މިހެން ވިދާޅުވީ ، ރޭ ސަން ޓީވީގެ "50 މިނެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެބޭބޭފުޅުންގެ ގެކޮޅުތައް ޗެކްކުރެވެމުންދަނީ ރައީސަށް އެބޭފުޅުންނަށް އިތުބާރު ނުކުރެވޭތީ ނޫން،ވީހާވެސް ޓްރާންސްޕޭރެންޓްކޮށް މައްސަލަ ބަލަމުންދާކަމުގެ ހެއްކެތް އެއީ" މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހަމަލާގެ ފަހަތުގައި ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލްގެ އިހްމާލެއް އޮތްކަމަށް ޤަބުލުކުރައްވާކަމަށެވެ. ވިދާޅުވީ މިއީ ރައީސް ޔާމިންގެ ސެކިޔުރިޓީ ބެލެހެއްޓުމާ ހަވާލުވެ ތިބި ފަރާތްތަކުގެ އިހްމާލުން ވެފައި އޮތްކަމެއް ކަމަށާއި މިކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ އަލީ ޖަލީލްގެ އިހްމާލެއް ވެޔޭ ދެންނެވިދާނެ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ ވާހަކަ ދެކެވެމުން އަންނައިރު މިކަމާއިމެދު އެމްޕީ މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ މަޖިލީހުގެ ތެރެއިން ވާނެ ކަމެއް ނޫން ކަމަށެވެ. އެއީ "ނުވިހާ ދަރިއެއްގެ ފޫޅު ހޯދަން އުޅުންކަހަލަކަމެއް" އެމްޕީ މުހައްމަދު އިސްމާއިލް ވިދާޅިވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާ އަކީ ރާއްޖޭގެ ތާރީޚުން ފޮހެވިގެންދާނެ ކަމެއް ނޫންކަމުގައި މެންބަރު ވަނީ ފާހަގަ ކުރައްވައިފައެވެ. ސަރުކާރު ބަލިކަށި ކޮށްލުމަށް ބައެއް ފަރާތްތަކުން އެކި ޕްލެޓްފޯމްތަކުގައި ތަފާތު ވަހަކަތައް ދައްކަމުން އައިނަމަވެސް "މިއީ ރޫޅާލެވޭނެ ޓީމެއް ނޫން" ކަމުގައި ހޯރަފުށީ ދާއިރާގެ އެމްޑީއޭ އަށް ނިސްބަތްވާ މެންބަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް