ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ހައްލު ކުރެއްވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެކަނިކުފާނުގެ ގާނޫނީ ވަކީލު ހަސަން ލަތީފް މެދުވެރިކުރައްވާ ކުރެއްވި ޓްވީޓްތަކެއްގަ އެވެ.
އެއް ޓްވީޓްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ނައްތާލެވޭނެ ވިސްނުން މޯދީގެ ކިބައިގައި އެބަހުރި ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން މޯދީ ރާއްޖެއަށް ޒިޔާރަތްކުރެއްވުމަކީ އެމަނިކުފާނު ނުހަނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެފައި ވެ އެވެ.
https://twitter.com/HassanLatheef/status/656057439326859264
ދެވަނަ ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީ އާއި އިންޑިޔާއާ ދެމެދު އޮންނަ ގުޅުން ބިނާވެފައިވަނީ އިންޑިއާ އިން ލިބޭ މާލީ ފައިދާތަކެއްގެ މައްޗައް ނޫން ކަމަށާއި ކޮންމެ ފަދަ ހާލަތެއް ކުރިމަތިވިޔަސް އެ ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
https://twitter.com/HassanLatheef/status/656057457463070720
ރާއްޖެ އައުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ނަޝީދު ދައުވަތު ދެއްވާފައިވާއިރު ނަރެންދުރަ މޯދީ މީގެ ކުރިން ރާއްޖެއަށް ކުރައްވަން ނިންމެވި ދަތުރުފުޅު ކެންސަލް ކުރެއްވީ ރައީސް ނަޝީދު ޖަލަށް ލުމުންނާއި ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވުމުން ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް