ރާއްޖޭން ބޭރުން އައި 65 އަަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން349 ގުރާމު ހެރޮއިން އަތުލައިގެނެފައިވާ ކަމަށް ކަސްޓަމްއިން ބުނެފިއެވެ.
ކަސްޓަމްއިން ބުނީ މި މަހު16 އަދި18 ގައި ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ ނުވަ ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައި ވާ ކަމަށެވެ. އޭގެ ތެރޭގައި65 އަހަރުގެ ފިރިހެނެއް އަތުން349 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އޭނާ އަތުން އަތުލި މަސްތުވާ ތަކެއްޗާއި65 އަހަރުގެ އެމީހާ މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސްއިން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް