ރަސްމީ ދަތުރުފުޅެއްގައި ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި

އދ. ގެ އާއްމު މަޖިލީހުގެ79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް މިރޭ ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ރައީސް އެމެރިކާއަ...

20 Sep 2024 | 14:27

އދ. ގެ އާއްމު މަޖިލީހުގެ79 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް މިރޭ ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ރައީސް އެމެރިކާއަށް އަދި އދ އަށްވެސް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސްގެ ތަރުޖަމާނު ހީނާ ވަލީދފު ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅުގައި އދ.ގެ އާއްމު މަޖިލީހުގެ79 ވަނަ ސެޝަންގައި ތަގުރީރު ކުރެއްވުމުގެ އިތުރުން ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސްއަކު އދ ގެ ސަލާމަތީ މަޖިލީހުގައި ތަގްރީރު ކުރައްވާނެ ފުރަތަމަ ފަހަރުވެސް މެއެވެ.

ރައީސް އޮފީހުން ބުނީ އދ.ގެ އާއްމު މަޖިލީހުގެ79 ވަަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ތަގްރީރު ކުރައްވާނީ މި ފެށޭ ހަފްތާގެ އަންގާރަ ދުވަހުގައި ކަމަށެވެ. މި ދަތުރުފުޅުގައި އެކި ގައުމުތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށާއި މަޝްވަރާތަށް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި ދަތުރުފުޅު ނިންމާލުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ29 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް