ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު ހުޅުމާލެއިން9.4 މިލިއަން ރުފިޔާގެ ބިމެއް ގަނެފިއެވެ.
އެޗްޑީސީން ޝުޖާއުއަށް ބިން ވިއްކައި ޝުޖާއުގެ މައްޗަށް ބިން މިލްކުވެރިކުރުމަށް ސިިވިލް ކޯޓުން ނިންމާފައި ވަނީ އިއްޔެއެވެ.
ޝުޖާއު ހުޅުމާލެއިން ގައިން ބިމުގެ ބޮޑު މިނަކީ2،197 އަކަފޫޓެވެ. ޝުޖާއު ގަތީ ހުޅުމާލޭގެ ލޮޓް ނަމްބަރު20339 އެވެ.
އެ ބިން ގަތުމަށް މެންބަރު ޝުޖާއު ޖުމްލްކޮށް އެޗްޑީސީއަށް9،488،318.40 ރ ދައްކާފައިވެއެވެ.
ސިޔާސީ މަސައްކަތްތަކުގެ އިތުރުން ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އަކީ ރާއްޖޭގެ މަޝްހޫރު އިވެންޓު މެނޭޖްމެންޓު ކުންފުނީގެ "އޮފިޝަލް އިވެންޓްސް" ގެ މެނޭޖިން ޑިރެކްޓަރ އަދި ހިއްސާ ދާރެކެވެ. އެ ކުންފުނިން ސަރުކާރުގެ އަދި އަމިއްލަ ފަރާތްތަކުގެ ހަފްލާތައް މެނޭޖްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް