ހއ ވަށަފަރުގައި އިއްޔެ ސުލްހަވެރި އިއުތިޖާޖެއް ކޮށްފިއެެވެ.
ވަށަފަރު ރައްޔިތުން މުޒާހަރާއަށް ނިކުމެފައިވަނީ އެރަށު ތުނޑި ވިޔަފާރީ ވެރިއަކަށް ދީފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އެރަށުން މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް ބުނީ ،މި މަހުގެ 16 ވަނަ ދުވަހު އެ ރަށު ކައުންސިލުން މި މައްސަލަ އާއި ގުޅިގެން ރައްޔިތުންނާއި ބައްދަލުކުރުމަށް ފަހު އެރަށު ތުނޑީގެ މައްސަލަ ވާހަކަދައްކައިގެން ހައްލު ވާނެ ކަމެއް ނޫން ކަމަށް ބުނެފައި ވާތީ، ރައްޔިތުން މުޒާހަރާއަށް ނިކުތުމަށް ނިންމާފައިވަނީ އެ ހިސާބުން ކަމަށްށެވެ.
އިއްޔެ އެރަށުގައި ކުރި އެ މުޒާހަރާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.
އެރަށު ތުނޑި ސަރަހައްދު ހޯރަފުއްޓަށް ނިސްބަތްވާ، ސޯސަންމާގެ/ހއ ހޯރަފުށި، ތޮލްހަތު ރަޝީދަށް ދީފައި ވަނީ 2014 ވަނަ އަހަރުތެރޭގައެވެ. އޭގެފަހުން ދިހަ އަަހަރު ވެގެން ދިޔަ އިރުވެސް އެތަނުގައި މަސައްކަތް ނިމިފައި ވަނީ ވަރަށް ކުޑަ މިންވަރެއް ކަމުގައި ކަމަށް ވެސް ދުވަސްއާއި ވާހަކަދެއްކި ފަރާތުން ވަނީ ބުނެފައެވެ.
ވަށަފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ސަރުކާރުން ފަށައި އޭގެ 90 އިންސައްތަ މިހާރު ނިމިފައިވާއިރު،
ދާދި ފަހުން ވަށަފަރު ކައުންސިލަށް ޓޫރިޒަމް މިނިސްޓްރީން ފޮނުވާފައިވާ އެމްއޯޔޫގައި ތޮލްހަތު ރަޝީދު ކޮށްދޭން ޖެހޭ ކަމަކީ ފެނާއި ނަރުދަމާ އާއި ސިއްހީ މަރުކަޒުގެ ކަންތައްތައް ކަމަށް ވެއެވެ.
ތޮލްހަތަށް އެރަށު ބިމުން ދޫކޮށްފައިވަނީ ތިން ލައްކަ ތިރީސް ފަސްހާސް އަކަ ފޫޓުގެ ބިމެކެވެ.
" ކައުންސިލްގެ ބާރު ކަނޑުވާފައި ޓޫރިޒަމް މިނިސްޓްރީގެ ބާރު އޮންނަ ގޮތަށް އިސްލާހީގައި ވާތީ މި މުޒާހަރާ ފަށާފައި މިވަނީ" އޭނާ ބުންޏެވެ.
މިކަމަށް ވަކި ގޮތެއް ވަންދެން އިއުތިޖާޖު ހުއްޓާ ނުލާނެކަން ވެސް އޭނާ ފާހަގަ ކުރިއެވެ.
"މިކަމުގައި ގަސްދުގައި އޮޅުވާލާފައި އެތައް ކަމެއް އެބަވޭ" އޭނާ ބުންޏެވެ.
އެރަށުގެ ނަރުދަމާގެ މަސައްކަތް ނިންމުމަަށް ތޮލްހަތަށް ފަސް އަހަރުގެ މުއްދަތެއ ދީފައި ވީނަމަވެސް ދިހަ އަހަރު ފާއިތުވެގެން ދިޔައި އިރުވެސް ހަވާލުކޮށްފައިވާ އެއްވެސް މަސައްކަތެއް ނިމިފައި ނުވާކަން އޭނާ ފާހަގަ ކުރިއެވެ.
މިކަމަުގައި ކައުންސިލުގެ އިހުމާލުވެސް ވާކަން ފާހަގަ ކުރަމުން އޭނާ ވިދާޅުވީ، އެއީ ބާތިލް އެގްރިމެންޓެއް ކަމަށެވެ.
އެއީ ވަކި ފަރުދަކަށް ހަދާފައިވާ އެގްރިމެންޓެއް ކަމަށާއި ވަކި ކުންފުންޏަކަށް ނިސްބަތްކޮށްފައިވާ ހަދާފައިވާ އެގްރިމެންޓެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް