ބިިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހައްޔަރު ކޮށްފި

ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހިފަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ލިބިގެން ރޭ23:43 ގައި ފުލުހުން އެޓެންޑްވެ އެމީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ އާއް...

20 Sep 2024 | 13:34

ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހިފަހައްޓާފައި ހުރި ކަމުގެ މައުލޫމާތު ލިބިގެން ރޭ23:43 ގައި ފުލުހުން އެޓެންޑްވެ އެމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ އާއްމުންގެ އެހީތެރިކަމާއި އެކު ކަމަށެވެ. އަދި އޭނާ ފޭރުނު ފޯނު ވަނީ ވެރިފަރާތާއި ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ލ.މާމެންދޫ/ރިހިވެލި، އަހުމަދު ނިޒާރު (31އ) އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް