ލާރި ނުދީފިނަމަ އިނގިލިތައް ބުރިކުރާނެ ކަމަށް ބުނެ އިންޒާރު ދީ، ދެ ބިދޭސީއަކު އަތުން ފައިސާ ފޭރުނު ދެމީހަކު ހައްޔަރަށް!

ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކާ ލާރި ނުދީފި ނަމަ އިނގިލިތައް ބުރިކުރާނެ ކަމަށް ބުނެ އިންޒާރުދީ، ދެ ބިދޭސީއަކު ވޮލެޓުގައި ހުރި ފައިސާ ފޭރުނު މައްސަލައެއްގައި ދިވެހި ދެ ފިރިހެނ...

20 Sep 2024 | 13:04

ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކާ ލާރި ނުދީފި ނަމަ އިނގިލިތައް ބުރިކުރާނެ ކަމަށް ބުނެ އިންޒާރުދީ، ދެ ބިދޭސީއަކު ވޮލެޓުގައި ހުރި ފައިސާ ފޭރުނު މައްސަލައެއްގައި ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، މުހައްމަދު ސަލީމް (37އ) ، ސ ހިތަދޫ/ ޑިލައިޓްފޭސް އަދި އަޙްމަދު ސިވާތު (37އ) ސ ހިތަދޫ/ އަތިރީއާގެ އެވެ.

އެ ބިދޭސީން އަތުން އެމީހުން ފޭރިފައިވާ ފައިސާ ފުލުހުން ވަނީ ހޯދާފައެވެ. މި މީހުން ހައްޔަރު ކޮށްފައި ވަނީ ރޭގައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް