ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ އިންޑިއާ ރުޕީސް އަށް ހައްލެއްނެތް

ތެލުގެ އަގަށް އައި ބޮޑު ބަދަލާއި އެމެރިކާގެ ފެޑެރަލް ރިޒާވްގެ ސިޔާސަތުގެ ނިންމުންތަކާ އެކު، ރެކޯޑް މިންވަރަކަށް ދަށަށް ދާ އިންޑިއާ ރުޕީސް އަށް ހައްލެއް ނުލިބި އަދިވެސް ޕްރެޝަރުގައި އޮންނާނެ ކަމަށް ބެލ...

20 Sep 2023 | 17:56

ތެލުގެ އަގަށް އައި ބޮޑު ބަދަލާއި އެމެރިކާގެ ފެޑެރަލް ރިޒާވްގެ ސިޔާސަތުގެ ނިންމުންތަކާ އެކު، ރެކޯޑް މިންވަރަކަށް ދަށަށް ދާ އިންޑިއާ ރުޕީސް އަށް ހައްލެއް ނުލިބި އަދިވެސް ޕްރެޝަރުގައި އޮންނާނެ ކަމަށް ބެލެވެ އެވެ.

ނޮން ޑެލިވަރޭބަލް ފޯވާޑްސް (އެންޑީއެފް) އިން ދައްކާ ގޮތުގައި ޑޮލަރުގެ އަގު 83.25-83.29 އަށް ހުޅުވާފައި ހުންނާނެ އެވެ. އެއީ މިދިޔަ ސެޝަންގައި ޑޮލަރާ އަޅާބަލާއިރު 83.2675 ޑޮލަރެވެ.

ބައެއް ވިޔަފާރިވެރިން ދެކޭ ގޮތުގައި ރިޒާވް ބޭންކް އޮފް އިންޑިއާ އިން އެންޑީއެފް މާކެޓަށް ނުފޫޒު ފޯރުވައިގެން ރުޕީސް ދިފާއު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

ބްރެންޓް ކްރޫޑް އޭޝިއާގައި 94 ޑޮލަރަށް ވުރެ ދަށަށް ގޮސްފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ބްރެންޓް ކްރޫޑް ގެ އަގު ވަނީ 95.96 ޑޮލަރަށް އަރާފަ އެވެ. ޑޮލަރުގެ އިންޑެކްސް 105.08 އަށް ދަށަށް ގޮސްފައިވާއިރު، ފެޑްގެ ނިންމުމުގެ ކުރިން އޭޝިއާގެ ފައިސާތައް ގިނައިން ހުރީ ވަރަށް ކުޑަ މިންވަރެއްގަ އެވެ.

ބުދަ ދުވަހު ފެޑް އިން ޕޮލިސީ ރޭޓަށް ބަދަލެއް ނާންނާނެ ކަމަށް ބެލެވޭއިރު ފިއުޗަރސް އިން ރޭޓް ބޮޑުވުމުގެ ގާތްގަނޑަކަށް ޒީރޯ ޕަސަންޓް ޕްރޮބެބިލިޓީ އެއް ކަނޑައަޅާފައިވެ އެވެ.

އިންވެސްޓަރުން ބަލާނެ ކަމަކީ މަރުކަޒީ ބޭންކުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރަށް ލަފާކުރާ އިންޓްރެސްޓް ރޭޓް އަންދާޒާތަކެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ 2023 ވަނަ އަހަރުގެ މީޑިއަން ޕޮލިސީ ރޭޓް ފޯކާސްޓްގައި 5.5-5.75 ޕަސެންޓް ޓާމިނަލް ރޭޓަށް އިތުރު 25ބީޕީއެސް އިތުރުވާނެ ކަމަށް،" ބޯފާ ގްލޯބަލް ރިސާޗުން ނެރުނު ނޯޓެއްގައި ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް