ކެލިފޯނިއާގެ ސެން ފްރެންސިސްކޯގައި ބުދަ ދުވަހު ބޭއްވި ޓެކްކްރަންޗް ޑިސްޓްރަޕްޓް 2023 އިވެންޓުގައި ވަންޕްލަސް އިން ވަނީ އެ ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ސްމާޓްފޯން ވަރަށް އަވަހަށް ނެރޭނެ ކަން ކަށަވަރުކޮށްދީފަ އެވެ.
ވަންޕްލަސް އިން ބުނި ގޮތުގައި އާ ޑިވައިސް އަކީ "ކޮމްޕެކްޓް ފޯލްޑަބަލް ފޯމް ފެކްޓާއެއްގައި އޯލް އެރައުންޑް ފްލެގްޝިޕް ލެވެލްގެ ތަޖުރިބާތައް ފޯރުކޮށްދީ ފޯލްޑަބަލް ސްމާޓްފޯންގެ ކޮންސެޕްޓް އަލުން މުރާޖައާ ކުރުމަށް ތައްޔާރުވެފައިވާ ޑިވައިސްއެއް" ކަމަށެވެ. ވަންޕްލަސް އިން ބުނީ މި ޑިވައިސްއާ ގުޅޭ އިތުރު ތަފްސީލް "އޮފިޝަލް ވަންޕްލަސް ވެބްސައިޓާއި ވަންޕްލަސް ފޯރަމްތަކާއި ސޯޝަލް މީޑިއާ ޗެނަލްތަކުން ވަރަށް އަވަހަށް ލިބެން ހުންނާނެ" ކަމަށެވެ.
އެކްސް ގައި މަޝްހޫރު ޓިޕްސްޓާ މެކްސް ޖަމްބޯރު (@MaxJmb) ވަނީ ވަންޕްލަސް އޯޕަން އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ލޯންޗް ކުރާނެ ކަމަށް ބުނެފަ އެވެ. ވަންޕްލަސް އިން ފޯލްޑަބަލް ފޯނު އޮގަސްޓް މަހު ނެރޭނެ ކަމަށް ކުރިން ރިޕޯޓްކޮށްފައިވީ ނަމަވެސް، މި ތާރީހު ފަސްކުރީ ބީއޯއީ ޑިސްޕްލޭ ދޫކޮށްލައި ސެމްސަންގް ޕެނަލްތަކަށް ބަދަލުވުމަށް އެ ކުންފުނިން އެންމެ ފަހު ވަގުތު ނިންމި ނިންމުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވަންޕްލަސް އޯޕަން އަކީ ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް 5، ޕިކްސެލް ފޯލްޑް އަދި ވީވޯ އެކްސް ފޯލްޑް 2 ފަދަ އައުޓްވާޑް ފޯލްޑިން ޑިޒައިނަކާ އެކު ގެނެސްދޭނެ މުބާރާތެއް ކަމަށް ބެލެވެ އެވެ. އޮޕޯ ފައިންޑް އެން2 ގެ ޑެރިވޭޓިވްއެއްގެ ގޮތުގައި ތައާރަފުވާނެ ކަމަށް ބުނެވެ އެވެ. އެންމެ ފުރަތަމަ ޗައިނާގައި ތައާރަފުވެ، އެއަށްފަހު އިންޑިއާ އާއި އެމެރިކާ ފަދަ މާކެޓުތަކުގައި ދުނިޔޭގެ ބާޒާރަށް ނެރޭނެ އެވެ.
ވަންޕްލަސް އިން ބުނީ ފޯލްޑަބަލް ސްމާޓްފޯނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި 120،000ރުޕީސް (22،296.00 ދިވެހި ރުފިޔާ) އަށްވުރެ ދަށް އަގެއްގައި ލިބޭނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް