އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެއްޖެ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ވަރުގަދަ ސިޔާސީ ފަހުލަވާނު، އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ. އެކަން ހާމަކުރައްވައި އަލީ މިރޭ ވިދާޅުވީ ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގ...

20 Sep 2023 | 15:34

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ވަރުގަދަ ސިޔާސީ ފަހުލަވާނު، އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

އެކަން ހާމަކުރައްވައި އަލީ މިރޭ ވިދާޅުވީ ދިވެހިރާއްޖޭގެ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް ގާސިމް އިބްރާހިމް އަރިހުގައި މަސައްކަތްކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާތަކެއް ކަމަށެވެ.

"މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން އަޅުގަނޑު ވަކިވެއްޖައީމެވެ. ދިވހި ގައުމާ ރައްޔިތުންގެ ސަފުގައި ދެމިހުންނާނަމެވެ." އަލީ ވިދާޅުވެފައިވެއެވެ.

އަލީ ޖޭޕީން ވަކިވެފައިވާއިރު އަލީ ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ތާއީދުކުރަން ނިންމާފައި ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ޖޭޕީން ވަކިވީ އެމްޑީޕީއާއި ގުޅުމަށް ކަމަށްވެސް ބައެއް މަސްދަރުތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް