"އިންޖީނު ފައިނޭންސިންގ ޕްރޮމޯޝަން" ތަޢާރަފު ކުރުމަށް އެމްޓީސީސީން އެމްއައިބީއެކު އެއްބަސްވުމަކަށް

އިންޖީނު ގަންނަ ކަސްޓަމަރުންނަށް މާލީގޮތުން ލުއިފަސޭހަ ކޮށްދިނުމަށްޓަކައ،ި އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ. މި އެމްއޯޔޫގައި ސޮއި ކުރުމަށް މިއަދު ބޭއްވު...

20 Sep 2023 | 11:35

އިންޖީނު ގަންނަ ކަސްޓަމަރުންނަށް މާލީގޮތުން ލުއިފަސޭހަ ކޮށްދިނުމަށްޓަކައ،ި އެމްޓީސީސީން މޯލްޑިވްސް އިސްލާމިކް ބޭންކާއިއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއި ކުރުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއެކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، އާދަމް އާޒިމްއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މުފައްދަލް އިދްރީސް ޚުމްރީއެވެ.

މިއަދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން މިއަދުން ފެށިގެން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެމްޓީސީސީ އިން ވިއްކާ ޔަންމާ އަދި ސުޒުކީ ބްރޭންޑްގެ އިންޖީނު ގަންނަ ކަސްޓަމަރުންނަށް ދިގުމުއްދަތަށް ބަހާލައިގެން އިސްލާމީ ޢުސޫލްތަކާއި އެއްގޮތްވާގޮތުގެމަތިން އިންޖީނަށް ފައިސާދައްކާ ޙަލާސްކުރެވޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިގެން ދާނެއެވ.ެ

މި އެމްއޯޔޫގެ ދަށުން ސުޒުކީ އައުޓްބޯޑު އިންޖީނުން (2.5 އެޗ.ްޕީ އިން 325 އެޗ.ްޕީ އާހަމައަށް) 8 ޕަސެންޓްގެ ޑިސްކައުންޓެއް އަދި ޔަންމާ (35 އެޗ.ްޕީ އިން 1400 އެޗ.ްޕީ އާހަމައަށް) އިންޖީނުން 5 ޕަސެންޓްގެ ޑިސްކައުންޓެއް

ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ކަސްޓަމަރުން ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް އެމްޓީސީސީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގުޅިގެން ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މީޑިއާއާއި މީސް މީޑިއާގެ ޕްލެޓްފޯރމްތަކާއ،ި އޮޑިވެރިންނާއި އޮޑިދޯނިފަހަރު ބަންނަ ފަރާތްތަކާއި ބައްދަލުކޮށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގެ މަޤްސަދަކ،ީ އިންޖީނު ފައިނޭންސްކުރުމުގައި ކަސްޓަމަރުންނަށް ލުއި ގޮތްތައް ހޯދައިދިނުމާއ،ި މަސްވެރިންނާއ،ި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއ،ި މޫދު ކުޅިވަރު ފަދަ ހަރަކާތްރަކުގައި ޝާމިލުވާއުޅޭ ފަރާތްތަކުން އިންޖީނަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އެކަށީގެންވާ ފެންވަރާއި އަގުގައި މުދާ ފޯރުކޮށްދިނުން ކަމަށާއި، އެގޮތުން ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް އެ ކުންފުނިން އަބަދުވެސް އަންނަނީ ރާވާ ހިންގަމުން ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް