ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކުގެ ދަށުން ހިންގާ ޕްރޮގްރާމްތައް އެކްރެޑިޓް ކުރުމަށްޓަކައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އާއި މޯލްޑިވްސް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާ ގުޅިގެން މި ފަހުމުނާމާގައޮ ސޮއިކޮށްފައި ވަނީ މިއަދުއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން އެވެ.
މި ފަހުމުނާމާ ގައި އެމްކިއުއޭ ގެ ފަރާތުން ސޮއި ކުރެއްވީ އެމްކިއުއޭ ގެ ޑިރެކްޓަރ ޖެނެރަލް މަރްޔަމް ފިޒާނާ ރަޝީދު އެވެ. އަދި އެމްއެންއެސްޑީއޭ ގެ ފަރާތުން ސޮއި ކުރެއްވީ އެމްއެންއެސްޑީއޭ ގެ ޑިރެކްޓަރ ޖެނެރަލް ޝަކީބާ އަލީ އެވެ.
މި ފަހުމުނާމާ ގައި ސޮއި ކުރި ރަސްމިއްޔާތުގައި، އެމްކިއުއޭ ގެ ސީއީއޯ ޑރ. ޢަބްދުލްޙަންނާން ވަހީދު ވިދާޅުވެފައި ވަނީ، މި ފަހުމުނާމާ ގެ ސަބަބުން އެމްއެންއެސީޑީއޭ އިން ރެޖިސްޓަރޑް ޓްރެއިނިންގ ޕްރޮވައިޑަރސް (އާރޓީއޯ) ތަކާ ޙަވާލުކޮށްގެން ކުރިޔަށް ގެންދާ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކުގައި ހިމެނޭ މަސައްކަތު ތަޢުލީމާއި ތަމްރީނުގެ ތަފާތު އެކި ޕްރޮގްރާމްތައް ވީހާ ވެސް ގިނަ ބަޔަކަށް ފުރުޞަތު ލިބޭގޮތަށް ހިންގުމަށް މަގު ފަހިވެގެން ދާނެ ކަމަށެވެ.
މިގޮތުން އެކްރެޑިޓެޑް ކުރެވޭ ޕްރޮގްރާމްތައް ވެސް އެކްރެޑިޓެޑް ކުރެވެމުން ދާ ވަރަކަށް، އެމްކިއުއޭ ގެ ވެބްސައިޓް ގެ ކޮލިފިކޭޝަންސް ރެޖިސްޓަރ ގައި ޝާއިއުކުރެވެމުން ދާނެ ކަމަށް އެމްކިއުއޭ އިން މަޢުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް