ވެރިކަންކުރާ ނިޒާމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ކުރަމުން އަންނަ މަސައްކަތުގައި މިއަދުވެސް ރައްޔިތުންގެ މަޖިލިސް ފެށޭގޮތް ނުވެ ރައީސް ނަޝީދުގެ މޫނުފުޅު މަތިން މާޔޫސްކަން ފާޅުވެއްޖެއެވެ!.
މިއަދުގެ މަޖިލީހުގެ ޖަލްސާވެސް ފަށަން އޮތީ ނުވައެއް ޖަހާއިރުގައެވެ. އެހާކަންހާއިރު ރިޔާސަތުން ރައީސް ނަޝީދު އިއުލާނުކުރެއްވީ އެ މައްސަލަ މުޅި މަޖިލިސް ކޮމިޓީއާއި ހަމައަށް އިއްޔެ ގެންދެވިފައިވާކަމަށާއި އެހެންކަމުން މިހާރު މި އޮތީ މުޅި މަޖލިސް ކޮމިޓީ ކަމަށެވެ.
"އެހެން ނަމަވެސް އަދި މަސައްކަތް ފެށޭކަށެއް ނެތް، މިވަގުތު ކޮމިޓީގަ ތިއްބެވީ 18 މެންބަރުން، އަދި 11 މެންބަރުން ވަޑައިގަންވައިގެން" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެ އެ މައްސަލަ މުޅި މަޖިލިސް ކޮމިޓީއާއި ހަމައަށް ގެންދެވުނީ ޕީޕީއެމް އަދި އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ ބައެއް މެންބަރުންގެވެސް ވޯޓާއި އެކުގައެވެ.
މުޅި މަޖިލިސް ކޮމިޓީ ކުރިއަށްގެންދަން ޖުމުލަ 29 މެންބަރުން ބޭނުންވާނެއެވެ.
ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅަނީ ރާއްޖޭގައި ވެރިކަން ކުރުމުގައި އޮންނަން ފެންނަ ނިޒާމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓު މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް