ސިވިލް ކޯޓުގެ އިސް ގާޒީ އަހްމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ.
މީގެ ހަތަރު މަސް ކުރިން ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނުކުރި ނިމާލް އަވަހާރަވީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 36 އަހަރެވެ. ނިމާލް އަކީ ގއ. މާމެންދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ. އެހެން ނަމަވެސް މިކަމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
ނިމާލްގެ މައްޗަށް ކުރެވޭ ކަށުނަމާދު ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހަށެވެ. ކަށު ނަމާދު އޮންނާނީ ހުޅުމާލޭ އާ ސަހަރާ މިސްކިތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް