ދޮންބިލެތް ޑިމޮކްރެޓްސްއަށް: މައްސަލަ ޖެހުނީ ޕީޕިއެމްއިން ނަޝީދު ޖަލަށް ލުމުން، އެކުވާން ވަޑައިގަންނަވާ

އެމްޑީޕީގެ ތެރޭގައި މައްސލަ ޖެހި ދެ ފެކްޝަނެއް އުފެދި، މިހާރު ދެ ޕާޓީއަކަށް ބަދަލު ވުމުގެ އަސްލު ސަބަބަކީ ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުން ކަމަށާއި، އެހެންކަމުން މ...

19 Sep 2023 | 23:38

އެމްޑީޕީގެ ތެރޭގައި މައްސލަ ޖެހި ދެ ފެކްޝަނެއް އުފެދި، މިހާރު ދެ ޕާޓީއަކަށް ބަދަލު ވުމުގެ އަސްލު ސަބަބަކީ ޕީޕީއެމްގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމުން ކަމަށާއި، އެހެންކަމުން މިހާރު ޑިމޮކްރެޓްސްއާއި އެމްޑީޕި އެކުވާން އެދޭކަމަށް ބިލެއްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް ހަލީމް) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރޭ އެމްޑީޕީގެ ފަރާތުން ގަލޮޅުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ،

ދޮންބިލެތް ވިދާޅުވީ،2018 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހުނު ރިޔާސީ އިންތިހާބުގައި އެމްޑީޕިގެ ފަރާތުން ވާދަ ކުރައްވަން ކަނޑައެޅި ކެނޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

"އެހެން ނަމަވެސް ރައީސް ޔާމީނާއި ޑރ. މުއިއްޒުގެ ސަރުކަރުގާ، އެމަނިކުފާނު (ނަޝީދު) އެލުވައިގެން ގެންގޮސް ކޯޓަށް ވައްދާ ހުކުމް ކުރީ. އެދުވަހުގެ ނަތީޖާ އަކަށްވީ އަޅުގަނޑުމެންނަށް މަޖުބޫރުވީ އެ ޓިކެޓް އެހެން ފަރާތަކާ ހަވާލު ކުރަން" ދޮންބިލެތް ވިދާޅުވިއެވެ.

އެހެންކަމުން2018 ވަނަ އަހަރު އިންތިހާބަށް އެމްޑީޕިއިން ކުރިމަތިލީ ޕްރައިމަރީއަކާ ނުލައި، ރައީސް ސޯލިހަށް އާދޭސް ދަންނަވައިގެން އެމަނިކުފާނަށް ޓިކެޓް ދެއްވައިގެން ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

އޭގެ ފަހުން ކޮންގްރެސްއަކަށް ފަހު، ރައީސް ސޯލިހު އިންތިހާބަށް ކުރިމަތިލައްވައި، ތަނަވަސް އަގުލަބިއްޔަތަކުން ހޮވުމަށްފަހު ވޭތުވެގެން މި ދިޔައީ އުފާވެރި އަމާން ރާއްޖެއެއް ކަަމަށް ދޮންބިލެތް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ތެރެއިން ދެ ފެކްޝަނެއް އުފެދުނު ވާހަކައަށް އަލިއަޅުވާލައި ދޮންބިލެތް ވިދާޅުވީ، ސިޔާސީ ޕާޓީއެއް ވަކި ވަރަކަށްވުރެ ބޮޑު ވެއްޖެ ނަމަ ހިޔާލު ތަފާތުވުން އުފެދިގެން ދާނެ ކަމަށެވެ. އެއީ އެމްޑީޕީއަށް އެކަނި ދިމާވާ ކަމެއް ނޫން ކަމަށާއިމ އެމެރިކާގައި އޮންނަ ޕާޓީއެއްގެ ތެރޭގައިވެސް ކަން ހިނގާނީ އެބީދައިން ކަމަށް ދޮންބިލެތް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން މިއަދު ވަކިވެގެން އެ ދިޔަ މީހުންނަށް އަޅުގަނޑު ދަންނަވަން ބޭނުން، ތިބޭފުޅުން ވަކިވެގެން ގޮސް، އަލުން އަނބުރާ އަޅުގަނޑުމެންނާ ދިމާލަށް އަންނާށޭ" ދޮންބިލެތް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްއިން އެމްޑީޕީގެ ކެނޑިޑޭޓް ނަޝީދަށް 2018 ވަނަ އަހަރުގެ އިންތިހާބުގައި ކުރިމަތި ނުލެވޭހެން ހަދައި، ޖަލަށް ލުމަށްފަހު މިހާރު އެ މަސައްކަތް ކުރަނީ އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލައިގެ ފައިދާ ނަގަން ކަމަށެވެ.

އެހެންކަމުން ޕީޕީއެމްއާ ނުގުޅުމަށް ދޮންބިލެތް ވަނީ ޑިމޮކްރެޓްސް ކައިރިން އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް