ހުޅުމާލެއިން ގެއްލުނު ޒުވާނާގެ ހަބަރެއް އެންމެ ފަހުން ވީ ހޮނިހިރު ދުވަހުގެ ރޭ !

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށާފައިވާއިރު އެ ޒުވާނާގެ ހަބަރެއް އެންމެ ފަހުން ވީ ހޮނިހިރު ދުވަހުގެ ރޭގެ ފަތިހުގެ ވަގުތެއްގައިކަން ދުވަހަށް އެނގިއްޖެއެވެ. ފުލުހުން ބުނެފައިވާގޮތުގައި ގެއްލި...

20 Sep 2022 | 17:48

ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ހޯދަން ފަށާފައިވާއިރު އެ ޒުވާނާގެ ހަބަރެއް އެންމެ ފަހުން ވީ ހޮނިހިރު ދުވަހުގެ ރޭގެ ފަތިހުގެ ވަގުތެއްގައިކަން ދުވަހަށް އެނގިއްޖެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ މުޙައްމަދު އަޛުހާން (27އ) އެވެ. ގެއްލިގެން ރިޕޯޓްކޮށްފައިވަނީ 2022 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ 19:00 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި އަޒްހާންގެ ގާތް ފަރާތަކުން ބުނީ އަޒްހާން އޭނާގެ ގާތް ފަރާތަކަށް ހޮނިހިރު ދުވަހުގެ ފަތިހު ގުޅިކަމަށާއި ހޮނިހިރު ދުވަހުގެ ހެނދުނު ހައެއް ޖެހުމާއި ހަމައަށްވެސް ފޯނަށް ގުޅުނު ކަމަށެވެ. އަދި 06:10 ހާއިރުން ފެށިގެން އެއްގޮތަކަށްވެސް ފޯނަށް ނުގުޅޭ ކަމަށެވެ.

ދުވަހަށް އެނގިފައިވާގޮތުގައި އަޒްހާން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އުޅެމުންދިޔައީ އޭނާގެ އާއިލާއާއި އެކުގައެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެންމެފަހު ފެނުނުއިރު އަޒްހާން ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެކެވެ. ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުއްވުން ފުލުހުން އެދެއެވެ.

https://twitter.com/dhuvasmv/status/1572273786602360832

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް