ލ. ގަމުން އުމުރުން ދުވަސްވީ އަންހެނަކ ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ، ލ.ގަން ތުނޑި ރަތްފުސްގެ ޚަދީޖާ ޢަބްދުއްރަޙްމާނެވެ. ޙަދީޖާއަކީ ގާތްގަނޑަކަށް 65 އަހަރުން މަތީ އުމުރުގެ މީހެއްކަމަށް އެ ރަށުން މައުލޫމާތުދިން މީހަކު ބުންޏެވެ.
ދުވަހަށް މައލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ މިއަދު 17:45އިން ފެށިގެން ވީ ތަނެއް ނޭނގި އާއިލާއިން ދަނީ ޚަދީޖާ ހޯދަމުން ކަމަށެވެ.
ޚަދީޖާ ޢަބްދުއްރަޙްމާން ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކައުންސިލް ގުޅިގެން މިހާރު ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް