އައްޑޫ ސިޓީ ހިތަދޫއިން ފުލުހުންނަށް އިންޒާރުދިން ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެކަމުގެ އިންޒާރު އައްޑޫ ސިޓީއިން ދެ ޒުވާނަކު ފުލުހުންނަށް ދިނީ ސައިކަލެއް ޓޯ ކުރި މައްސަލައެއްގައެވެ. މި މައްސަލައިގާ 21 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް މި ދެ ޒުވާނުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިއަދު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ މި މަހުގެ 19 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރުމުން އެ ދެ ޒުވާނުން އިންޒާރުދިން ކަމަށެވެ. އެހެންކަމުން އެ ދެ ޒުވާނުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް ފުލުހުން ބުންޏެވެ.
ފުލުހުންނަށް އިންޒާރު ދީގެން އައްޑޫ ސިޓީއިން ދެ ޒުވާނަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައިވާއިރު މާލޭގެ ދެ ފެނުންވެސް ފުލުހުންނަށް އިންޒާރުދީ ހެންވޭރު ކޮޅުން ފުލުހުންނަށް ހަމަލާވެސް، މި ފަހުން ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް