އައްޑޫ ސިޓީގައި ފުލުހުންނަށް އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމީހުންނަކީ އިއްޔެ އައްޑޫ ސިޓީ ހިތަދޫގައި ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯވ ކުރުމުން، ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ، ރޯކޮށްލާނެކަމަށް ބުނެ އިންޒާރުދިން މީހުން ކަމަށެވެ.
އެ މައްސަލައައިގަ ހައްޔަރު ކުރީ 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނެވެ. އެމީހުން ހައްޔަރު ކުރީ ކޯޓު ޢަމުރެއްގެ ދަށުން މިއަދު އެވެ.
މި މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންނަށް އިންޒާރުދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ، މިމަހުގެ ނުވަ ވަނަ ދުވަހު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކުރިމަތިން 3 ފުލުހަކަށް ހަމަލާދިން މައްސަލައާ ގުޅިގެންވެސް ބަޔަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.
މި މައްސަލާގައިވެސް ފަސް މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް