ހެޔޮބަދަލަކަށް އެދި އަޑުއުފުލުމަށް ފަސްޖެހިގެން ނުވާނެ ކަމަށް މޭޖަރ ރިޓެއަރޑް އިބްރާހިމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް ގައި ލިޔުއްވަމުން ގެންދަވާ "އަހަރެންގެ ޚިޔާލު" ކޮލަމް ގައެވެ.
އާޒިމް ވިދާޅުވީ އެހެންމީހުންނަށް ކުދިކިޔުމުގައި އަހަރުމެންގެ އަގުހުރި ވަގުތައް ބޭކަަރުކޮށްލުމަކުން ބަދަލެއް ނުފެންނާނެ ކަމަށާއި ބަދަލުގެ ފުރަތަމަ ފިޔަވަޅު އުފަންވަނީ އަހަރުމެންގެ ފަރުދީ ޒިންމާގެ ތެރޭން ކަމަށެވެ. އަދި ދުނިޔެ ކުރިއަރާ ތަރައްޤީވަމުން ދަނީ ބަދަލުތަކާއި އެކުގައި ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ޙަޤީޤީ މައްސަލަ ދެނެގަތުމުން ބަދަލުގެންނަށް ފަސޭހަވާނެ ކަމަށެވެ.
"ހެޔޮބަދަލުއަންނާނެއެވެ. އަދި ބަދަލަކަށް ބޭނުންވެއެވެ. ބަދަލުގެ ފައިދާ އޮތީ ކުރިއަށެވެ. ކަންކަން ރަނގަޅު ކުރެވޭނީ ބަދަލެއްގެ ތެރޭންނެވެ." އާޒިމް ވިދާޅުވެފައި ވެއެވެ.
އާޒިމް އިތުރަށް ވިދާޅުވެފައިވަނީ ފަހަތުން ފެންނަމަންޒަރު ބުނެދެނީ ބަދަލުގެ ބޭނުންބޮޑުކަން ކަމަށާއި ކުރިއަށް ދިއުމަށް ބަދަލެއްގެ ބޭނުންޖެހިފައިވާކަން ކަމަށެވެ. އަދި ވިސްނާލުމުން ވަރަށް ސާފުކޮށް އެނގޭކަމަކީ، ބަދަލެއްގެ އުފާވެރިކަން ދެކޭން ގިނަ ބަޔަކު އެދޭކަން ކަމަށެވެ.
ދިވެހި ސިފައިންގެ ޚިދުމަތުގައި 35 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ރިޓެއަރ ކުރައްވާފައިވާ އާޒިމް އިތުރަށް ވިދާޅުވީ ދިންފުރުޞަތުގައި ބަދަލުގެ އަގުދެއްކިފައިނުވުމުން ބަދަލަކަށް ބޭނުންޖެހިއްޖެ ކަމަށެވެ.
އެކުގައި އެކަތިގަޑެއްގެ ގޮތުގައި ދެމިތިބޭ ނަމަ ބަދަލަކީ ވަރަށް ފަސޭހަ ކަމެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ވަގުތުގެ ބޭނުންކޮށްގެން ހާލަތައް ބަދަލުގެންނެވޭނެ ކަމަށެވެ. އަދި ހެޔޮބަދަލަކީ އުނިކަމެއްނޫން ކަމަށެވެ.
ޒިންމާދާރުކުރެވޭނީ ބަދަލުގެ ޖާގަފަހިވެފައި އޮތުމުން ކަމަށާއި ތަރައްޤީ އާއި ކުރިއެރުން ލިބޭނީ އަންނަބަދަލަށް އަހުލުވެރިވެގެން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އަދި ދިރިއުޅުމަކީ ބަދަލުވަމުންދާ ހާލަތެއް އެކުލެވޭ އެއްޗެއްކަން ދެނެގަތުމަށް ވެސް އާޒިމް ވަނީ އެދިވަޑައިގެންފަ އެވެ.
ޚިޔާލުތަފާތު ވުމަކީ މައްސަަލައެއްނޫންކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވީ އެއީވެސް ބަދަލެއްގެ ކުރިމަގު ކަމަށެވެ. އަދި ކުރިއަށްދެވޭނީ ތަފާތު ފިކުރުތަކާއި އެކު ބަދަލަކާއި އެކުގައި ކަމަށެވެ.
މީގެ އިތުރުން ޤައުމުގެ ކަންކަން ތަރައްޤީ ވަނީ ބަދަލުގެ ފައިދާއިން ކަމަށް ވެސް އާޒިމް ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް