މިހާތަނަށް ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ ވަކި މަގުސަދެއްގައި ދައްކާ ވާހަކަ: އަލީ ވަހީދު

މަޤާމުން ވަކިކުރި ފަހުން މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިރޭ ނ...

20 Sep 2021 | 17:18

މަޤާމުން ވަކިކުރި ފަހުން މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެތައްބައެއްގެ ހައްގަކަށް އަރައިގަނެފައިވާ މީހަކަށްވާނަމަ އޭނާއަށް ކުރެވޭ ތުހުމަތުތަކާއި، ކޮށްފައިވާ ކުށްތަކުގެ ތަފްސީލް ދިވެހި ރައްޔިތުންނަށް ވެސް އެގެންޖެހޭ ކަމަށެވެ.

އެހެންނަމަވެސް އެއިން އެއްވެސް އެއްކަމެއް މިހާތަނަށް ހާމަވެފައި ނުވާ ކަމަށާއި ސަރުކާރުން މިހާތަނަށް ދައްކަމުންދާ ހުރިހާ ވާހަކަތަކަކީ ސިޔާސީ ވަކި މަގުސަދެއްގައި ދައްކަމުންދާ ވާހަކަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ މަޤާމުން ވަކިކުރި ފަހުން މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ޖުލައި 19 ވަނަ ދުވަހު އޭނާ ޕޮލިހަށް ގެންދިޔަ ނަމަވެސް ތުހުމަތު ކުރެވޭ އެއްވެސް ކަމަކާއި ގުޅިގެން ސުވާލެއް ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތަށް ވަޑައިގެންފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނިކޮށް ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެފަހުން އޭނާ ރާއްޖެ ވަޑައިނުގަންނަވަ އެވެ.

ކޯޓަށް ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުން ވެސް ހާޒިރުވެޑައިގެންނުގަނެ ހުއްޓާ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤާނޫނުތަކާއި ޚިލާފުވެގެން އެޤައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އޯފަސްޓު މަހުގެ 25 ވަނަ ދުވަހު އެވެ.

ސުޕްރީމްކޯޓުގެ ހުރުމަތް ކަނޑައިގެން 2 މަހާއި 12 ދުވަހަށް ޖަލު ހުކުމެއް އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ އިރު، އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރު ވެސް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް