މާއުނގޫދޫ ކަނު އަނދިރީގައި، ހަވީރު ކަރަންޓު ކަނޑާލީ ދޮޅުގަޑިއިރަށް!

ށ. މާއުނގޫދޫގައި ކަރަންޓުގެ މަސައްކަތެއް ކުރުމަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލި ގޮތަށް ކަރަންޓު ނުދޭތީ އެ ރަށް އޮތީ ކަނު އަނދިރީގައި ކަމަށް އެ ރަށުން ބުނެފި އެވެ. އެރަށު ފެނަކަ ބްރާންޗުން މިއަދު ނެރ...

20 Sep 2021 | 14:13

ށ. މާއުނގޫދޫގައި ކަރަންޓުގެ މަސައްކަތެއް ކުރުމަށް ކަރަންޓުގެ ހިދުމަތް މެދުކަނޑާލި ގޮތަށް ކަރަންޓު ނުދޭތީ އެ ރަށް އޮތީ ކަނު އަނދިރީގައި ކަމަށް އެ ރަށުން ބުނެފި އެވެ.

އެރަށު ފެނަކަ ބްރާންޗުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ ޖަނަރޭޓަރެއްގެ އަވާލީ މެއިންޓަނަންސް ސާވިސްއެއް ކުރަން ހިދުމަތް މެދުކަނޑާލާވާހަކަ އެވެ. ކަރަންޓޫގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް ބުނެފައިވަނީ ހަވީރު3:30 ން5:00 އަށެވެ.

އަދި ކަރަންޓޫ ކެނޑޭނެ ކަމަށް އަންގާފައިވަނީ ރަށުގެ ބައެއް ސަރަހައްދުތަކުންނެވެ.

މާއުނގޫދޫއިން "ދުވަސް" އަށް މައުލޫމާތު ދިން މީހަކު ބުނީ3:30 ގައި ކަރަންޓު ކަނޑާލީ މުޅި ރަށުން ކަމަށެވެ. އަދި އޭގެ ފަހުން މިހާތަނާއި ޖެހެންދެންވެސް އެއްވެސް ސަރަހައްދަކަށް ކަރަންޓު ދީފައި ނުވާ ކަމަށެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް