122 މިލިއަން ރުފިޔާއަށް ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިން އެންޑް އިންފްރާ ސްޓްރަކްޗަރ ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫގެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދެވެ.
122،868.035.18ރ (ސަތޭކަ ބާވީސް މިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސް ތިރީސް ފަސް ރުފިޔާ އަށާރަ ލާރި) އަށް ހަވާލުކޮށްފައިވާ މި މަޝްރޫ 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ރަށުގެ މަގު ތަރައްގީކުރުމުގެ މަޝްރޫގެ ދެވަނަ ފިޔަވަހީގައި 5.8 ކިލޯމީޓަރުގެ މަގުގެ ތާރު އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި މަގުގެ ފެން ހިންދާ ނިޒާމެއް ގާއިމްކޮށް މަގު ބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް