ހުޅުމާލޭގައި ކާރެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ކާރެކެވެ. އަދި މި ކާރު ކޮންޓޯލްނުކުރެވިގެން އަތިރިމަތީގައި ހުރި ފެންސުތައް ވަނީ ފޫއަޅުވާލާފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަގޮތުގައި ފެންސު ފޫދުއްވާލާ މޫދަށް ނުވެއްޓި ކިރިޔާ އޮތް އިރު، ކާރު މޫދަށް ނުވެއްޓުނީ ފެންސުގެ ދާގަނޑުގައި ފަހަތު ފުރޮޅު އަޅައިގަތުމުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުން ނެވެ.
މިއަދު މެންދުރު ފަހު 15:35 ހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށާއި ި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް