މޯލްޑިވިއަންގެ ޑައިރެކްޓް ފްލައިޓު އިތުރު މަންޒިލަކަށް - މިފަހަރު މާފަރުން ނިއުދިއްލީއަށް

ރާއްޖޭގެ ގައުމީ އެއަރ ލައިން، މޯލްޑިވިއަންގެ ޑައިރެކްޓް ފްލައިޓު އިތުރު މަންޒިލަކަށް ފެށުމަށް ނިންމައިފި އެވެ. އެ ކުންފުނިން ބުނީ  ޑައިރެކްޓް ފްލައިޓު ބޭއްވުމަށް ނިންމާފައިވާ އައު މަންޒިލަކީ ނިއު ދިއް...

20 Sep 2021 | 09:54

ރާއްޖޭގެ ގައުމީ އެއަރ ލައިން، މޯލްޑިވިއަންގެ ޑައިރެކްޓް ފްލައިޓު އިތުރު މަންޒިލަކަށް ފެށުމަށް ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ  ޑައިރެކްޓް ފްލައިޓު ބޭއްވުމަށް ނިންމާފައިވާ އައު މަންޒިލަކީ ނިއު ދިއްލީ ކަމަށެވެ. އަދި އެ ގައުމަށް މޯލްޑިވިއަންގެ ޑައިރެކްޓް ފްލައިޓު ދާނީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން ކަމަށެވެ.

މި ދަތުރުތައް ފަށާނީ އަންނަ މަހުގެ 21 އިން ފެށިގެން ކަމަށާއި ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި، އަދި ހޮނިހިރު ދުވަހު ފްލައިޓު ދަތުރުކުރުމަށް ނިންމާފައިވާ ކަމަށް ވެސް މޯލްޑިވިއަން އިން ބުނެ އެވެ. އަދި ނިއު ދިއްލީން ވެސް މާފަރަށް ތިން ދަތުރު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ، އެއީ އާދީއްތަ، ބުދަ، އަދި ހުކުރު ދުވަހު ކަމަށް ވަނީ ބުނެފަ އެވެ.

މޯލްޑިވިއަން އިން ބުނީ މާފަރުން ނިއުދިއްލީއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގުތައް ފެށެނީ 285 އެމެރިކާ ޑޮލަރުން ކަމަށާއި ދިއްލީން މާފަރަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގުތައް ފެށެނީ 312 ޑޮލަރުން ކަމަށެވެ.

ދަތުރުތަކަށް ހުޅުވާލުމާއެކު މޯލްޑިވިއަންގެ ވެބްސައިޓުންނާއި އެޕް މެދުވެރިކޮށް ޓިކެޓު ގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މިއީ ކޮވިޑް-19 އަށް ފަހު މޯލްޑިވިއަނުން ފަށާ ފުރަތަމަ އާ އިންޓަރނޭޝަނަލް ރޫޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް