ޤައުމީ ދުވަހުގެ ސަޤާފީ ހަރަކާތްތަކުގައި ކުޅުދުއްފުށިން ބައިވެރި ވާނެ މީހުން ހޯދަނީ

ޤައުމީ ދުވަހުގެ ހަރަކާތް ތަކުގެ ތެރޭގައި ހިމެނޭ އާޓްސް އަދި ކަލްޗަރ ފެސްޓިވަލްގައި ކުޅުދުއްފުށީ ސިީޓީގެ ފަރާތުން ބައިވެރިވާނެ މީހުން ހޯދަން އިއުލާނުކޮށްފި އެވެ. އެ ސިޓީ ކައުންސިލުން ނެރެނު އިއުލާނެއްގ...

20 Sep 2021 | 09:32

ޤައުމީ ދުވަހުގެ ހަރަކާތް ތަކުގެ ތެރޭގައި ހިމެނޭ އާޓްސް އަދި ކަލްޗަރ ފެސްޓިވަލްގައި ކުޅުދުއްފުށީ ސިީޓީގެ ފަރާތުން ބައިވެރިވާނެ މީހުން ހޯދަން އިއުލާނުކޮށްފި އެވެ.

އެ ސިޓީ ކައުންސިލުން ނެރެނު އިއުލާނެއްގައި ބުނެފައިވަނީ މި ފެސްޓިވަލްއަކީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން އިންތިޒާމް ކުރާ ހަރަކާތެއް ކަމަށެވެ. އަދި ފެސްޓިވަލް އޮންނާނީ މާލޭގައި ކަމަށެވެ.

މި ފެސްޓިވަލުގައި ސަޤާފީ ހަރަކާތްތަކާއި، މިއުޒިކާއި، ނެށުމާއި އަދި ރަށުގެ ނަމުގައި އެކި އެކި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދެ އެވެ. މީގެ އިތުރުން އަމިއްލަަ އުފެއްދުންތެރިކަމުގެ ތަކެތި ވިއްކުމުގެ ފުރުސަތު ވެސް ހުޅުވާލެވިފަ ވެއެވެ.

ކުޅުދުއްފުށީ ކައުންސިލްގެ އިއުލާނުގައިވާ ގޮތުން މި ފެސްޓިވަލުގައި އެ ސިޓީއިން މިއުޒިކާއި، ނެށުމާއި، ސަޤާފީ ހަރަކާތްތަކާ އަމިއްލަ އުފެއްދުންތެރި އުފެއްދުންތައް ބައިވެރި ކުރުވުމުގެ ފުރުސަތު އެބައޮތެވެ. އެ ފަރާތްތަކުން މިމަހުގެ 23 ގެ ކުރިން ކުޅުއްފުށީ ސިޓީ ކައުންސިލްގައި ނަން ނޯޓު ކުރުމަށް ވަނީ އެދިފަ އެވެ.

މި ފެސްޓިވެލް ކުރިޔަށް ގެންދިއުމަށް ނިންމާފަިއވަނީ ތިން ދުވަހުގެ މުއްދަތަށެވެ. ބާއްވާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް