ޑިއާ މިރްޒާ ގެ ނޫކުލައިގެ ކުރުތާއަކީ ސަސްޓެއިނަބަލް ފެޝަންގެ ހިތްގައިމު މިސާލެއް!

އާދިއްތަ ދުވަހު އިންސްޓަގްރާމްގައި ޑިއާ މިރްޒާ ލާފައިހުރި ފޮޓޯތަކުގައި އޭނާގެ ހިތްގައިމު ނޫކުލައިގެ ކުރްދީ ސެޓުވަނީ ދައްކާލާފަ އެވެ. ވާރޗުއަލް މީޓިންގްއެއްގައި ބައިވެރިވުމަށް ލައިގެން ހުރި ކުރުތާ ސެޓް...

20 Sep 2021 | 09:23

އާދިއްތަ ދުވަހު އިންސްޓަގްރާމްގައި ޑިއާ މިރްޒާ ލާފައިހުރި ފޮޓޯތަކުގައި އޭނާގެ ހިތްގައިމު ނޫކުލައިގެ ކުރްދީ ސެޓުވަނީ ދައްކާލާފަ އެވެ.

ވާރޗުއަލް މީޓިންގްއެއްގައި ބައިވެރިވުމަށް ލައިގެން ހުރި ކުރުތާ ސެޓް އޭނާގެ 4.6 މިލިއަން ފޮލޮވަރުންނަށް ދައްކާލަދިނީ އޭނާގެ އަމިއްލަ ގޭގެތެރޭގައި ނަގާފައިން ފޮޓޮއަކުން ނެވެ.

މިދިޔަ މޭ މަހު އަލަތު ދަރިފުޅަށް މަރުހަބާކީ ޑިއާ މިރްޒާ ވަނީ އޭނާގެ ދެގޮތެއްނުވާ ރީތިކަން މި އަނަވިލާ ބްރޭންޑްގެ ކުރުތާ ސެޓުގައި ދައްކާލަދީ އެންމެން އާޝޯޚްކޮށްލާފަ އެވެ. މި ފޮޓޯއާއި އެކު ޑިއާ ވަނީ ސަސްޓެއިނަބަލް ހެދުންތަކުގެ މުހިންމުކަންވެސް ބުނެދީފަ އެވެ.

ފައިކުރިފުޅާ ހަރުވާޅަކާއި ޖީބުލާފައި ހުރި ކުރުތާ އިތުރަށް ފުރިހަމަ ކޮށްލުމަށް އާދައިގެ ރަން ފަށެއް އަޅާލައިފައި ހުރި އިރު، މޭކަޕް ކޮށްފައި ހުރީ ވަރަށް ނެޗުރަލް ގޮތަކަށް ފިޔާތޮށި ކުލައަކާއި ކުޑަ މަސްކަރާ ކޮޅަކުން ނެވެ. އިސްތަށިގަނޑުވެސް ސްޓައިލް ކޮށްފައިހުރީ މެދުން ފަޅާފައި އެންމެ އާދައިގެ ފަންކޮށް ފުނާއަޅާ ފަހަތަށް ދޫކޮއްލާފަ އެވެ.

"މި ކުރުތާއިން ހަނދާންކޮށްދެނީ ސާފު ވަޔާއި ނޫ އުޑުތައް. މި 'ބުރުޑްވަން' ސެޓަށް ނަންދެވިފައިވަނީ ހުޅަނގު ބެންގާލް ޚާޑި ވިޔޭ މީހުންގެ ފުށުން." ޑިއާ އޭނާ ކޮއްފައިން ޕޯސްޓްއާއި އެކު ލިޔެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް