އަލީ ދެއްވާ ޚާއްސަ ޕްރެސް އެއް މިރޭ - ވިދާޅުވަނީ ވަރަށް ގިނަ ކަންކަން ފަޅާ އަރާނެ ކަމަށް

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްވާ ޚާއްސަ ޕްރެސް އެއް މިރޭ އޮންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އަލީ ކުރައްވާފައިވާ ޓްވީޓުގައި "އިރާދަފުޅުން މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އަޅުގަނޑު ނިއުސް...

20 Sep 2021 | 09:11

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްވާ ޚާއްސަ ޕްރެސް އެއް މިރޭ އޮންނާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަލީ ކުރައްވާފައިވާ ޓްވީޓުގައި "އިރާދަފުޅުން މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އަޅުގަނޑު ނިއުސް ކޮންފަރެންސެއް ބާއްވާނަން. މިރޭގެ ނިއުސް ކޮންފަރެންސްގައި އަޅުގަނޑު ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށްލާން ނިންމި ނިންމުމާއި، ޕީޖީއާ އެމް.އެމް.ޕީ.އާރު.ސީ ގެ ޚިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ." ވިދާޅުވެފައި ވެއެވެ.

https://twitter.com/ali20waheed/status/1439864037089677313

ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ދައުވާ އުފުލާފައިވާ ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ، އަލީ މިހާރު އުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ.

އެ ގައުމުގައި ހުންނަވައިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ގިނަ ޓުވީޓުތަކެއް ކުރައްވަމުން ގެންދަވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ވެސް އަލީ މިހާރު ގެންދަވަނީ ވާހަކަ ދައްކަވަމުން ނެވެ.

އޭނާއަށް އުފުލާފައިވާ ދައުވާވަކާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް މީޑިއާތައް ބައިވެރިކޮށްގެން އޮންލައިންކޮށް ޕްރެސް ކޮންފަރެންސެއް މީގެ ކުރިންވެސް ވަނީ ބާއްވަން އުޅެފަ އެވެ. އެހެންމަވެސް އެ ޕްރެސް ކޮންފަރެންސް ދިނުމުގެ ކުރިން އޭނާ ވަނީ އިނގިރޭސި ވިލާތުގެ ފުލުހުން ހައްޔަރުކޮށްފަ އެވެ. އެއީ ވިސާގެ މުއްދަތު ހަމަވެފައިވާތީ އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތަކަށް ހާޒިރުވުމަށް ފޮނުވި އަމުރަށް ތަބާ ނުވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ އަލީ ވަހީދު، އިނގުރޭސި ވިލާތުގެ ހިމާޔަތަށް އެދިފައިވާ ކަމަށް ވެސް އަންނަނީ އަޑުތައް ފެތުރެމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް