ރަޝިއާގެ ޔުނިވަރސިޓީއަކަށް ބަޑީގެ ހަމަލާތަކެއް ދީ 8 ކުދިން މަރާލައިފި

ރަޝިއާގެ ޔުނިވަރސިޓީއަކަށް ބަޑީގެ ހަމަލާތަކެއް ދީ 8 ކުދިން މަރާލައިފި އެވެ. ރިޕޯޓުތައް ބުނާ ގޮތުން ބަޑީގެ ހަމަލާތައް ދީފައިވަނީ ގޮތް ނޭނގޭ މީހެކެވެ. އަދި މި ހަމަލާތައް ދީފައިވަނީ ޕަރމް ސްޓޭޓް ޔުނިވަރސ...

20 Sep 2021 | 08:53

ރަޝިއާގެ ޔުނިވަރސިޓީއަކަށް ބަޑީގެ ހަމަލާތަކެއް ދީ 8 ކުދިން މަރާލައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބަޑީގެ ހަމަލާތައް ދީފައިވަނީ ގޮތް ނޭނގޭ މީހެކެވެ. އަދި މި ހަމަލާތައް ދީފައިވަނީ ޕަރމް ސްޓޭޓް ޔުނިވަރސިޓީ (ޕީއެސްޔޫ) އަށެވެ.

މި ހަމަލާ ދިނީ މއިަދު މެންދުރު 11 ޖަހާ ކަންހާ އިރު ކަމަށާއި ބަޑި ހިފައިގެން އެމީހާ ޔުނިވަރސިޓީ ތެރެއަށް ވަނީ ކުއްލިއަކަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކްލާސްތަކުގައާއި އެނޫން ވެސް ތަންތަނުގައި ބައެއް ކުދިން ހަދާނެގޮތް ހުސްވެފައި ވެސް ތިބިކަމަށް ބުނެއެވެ. އަދި މިހަމަލާގައި ދިހަވަރަކަށް ކުދިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމީހާ ބަޑިން ހަމަލާ ދޭން ފެށުމުން ބައެއް ދަރިވަރުން ޔުނިވަރސިޓީގެ ކުޑަދޮރުތަކުން ފުންމާލާ މަންޒަރު ވަނީ ސޯޝަލް މީޑިއާ ގައި އާންމުވެފަ އެވެ.

https://twitter.com/RT_com/status/1439847437670158336?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1439847437670158336%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Fworld%2Fstory%2Fperm-state-university-russia-shooting-gunman-opens-fire-wounded-1854777-2021-09-20

ރިޕޯޓުތައް ބުނަނީ ބަޑީގެ ހަމަލާ ދީފައިވަނީ މި ހަމަލާ ދިން މީހާ އެ ޔުނިވަރސިޓީގެ ކުއްޖަކަށް ވަރަށް ގާތުން ފެނި، އައިޑެންޓިޓިފައި ކުރެވިފައިވާ ކަމަށެވެ. އަދި ފުުހުންނާއި އިންވެސްޓިގޭޓް ކުރާ ފަރާތްތައް ގުޅިގެން މި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް