ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމް.އީ.ސީ.ސީ) ނުވަތަ ސޯސަންވިލާގައި ކިޔަވާ ދަރިވަރުންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްސަ ކްލާސްތަކެއް ފަށައިފިއެވެ.
މި ކްލާސްތައް ފަށާފައިވަނީ "ކޮންމެ ކުއްޖަކީ ލިޔަން ކިޔަން ދަންނަ ކުއްޖެއް" މި ނަމުގަ އެވެ.
ކްްލާސްތައް ކުރިޔަށް ގެންދަނީ 3 އޮޅިއަކަށް ބަހާލައިގެން، ދަރިވަރުން ދިވެހިބަހަށް ޝައުގުވެރިވާ ފަދަ ޙަރަކާތަކާއެކުކަމަށް ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މައުލޫމާތު ދެއެވެ.
އޮންލައިންކޮށް ކުރިޔަށްދާ މި ކިލާސްތައް ބާއްވަނީ ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ.
ކްލާސްތައް ހަފުތާއަކު 2 ދުވަހު ކުރިޔަށްދާއިރު، ދަރިވަރުންނަށް އަންނަ ކުރިއެރުންތައް ކޮންމެ މަހަކު އެއްފަހަރު ސޯސަންވިލާގެ މުދައްރިސުން ބެލެނިވެރިންނާ ޙިއްސާ ކުރަމުންވެސް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ސޯސަންވިލާގައި ދިވެހިބަހުގެ އިތުރުން ކިޔަވައިދެނީ އިސްލާމް އަދި ޤުރުއާން މާއްދާވެސް ކިޔަވައިދެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް