ސިވިލްސާވަންޓުގެ މުސާރަ ވަގުތުން ވަގުތަށް 10،000 ރުފިޔާގެ މުސާރައެއް ކަނޑައަޅުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.
އޭނާ މިހެން ގޮވާލެއްވީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ޖާބިރު ވިދާޅުވީ ވެރިކަމަށް އައީ މިނިވަން ވޭޖް ކަނޑައެޅުމަށް ކަމަށް ބުނެކަމަށާއި ނަމަވެސް އެކަން ވެސް ނުކުރަން ބަހަނާ ދައްކަމުންދާ ކަމަށެވެ.
"ވެރިކަމަށް އަންނަ އިރު، ޖުޑިޝަރީއާ ސިވިލް ސާވަރންޓުންގެ މުސާރައާ އެހެންވެސް ކަންކަން ހުށަހަޅާ. އެކަމަކު ވެރިކަން ލިބުމުން އެމްޑީޕީއަށް މިކަންކަން ކޮށްދޭކަށް ނޭނގޭ. ރައްޔިތުންގެ ކުރީގައި އެމްޑީޕީގެ އަސްލު ސައިޒު މިއޮތީ ހާމަވެފަ. އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ ތާއީދު އޮތް ބައެއް ނޫން." ޖާބިރު ވިދާޅުވި އެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ މިހާރު ވެރިކަން ކުރަމުންދާ އެމްޑީޕީގެ އަސްލު ސައިޒު ދިވެހި ރައްޔިތުންނަށް އެގިއްޖެ ކަމަށެވެ. އަދި ވެރިކަމުގެ ބާކީ އޮތް ދުވަސްތަކުގައި މިސަރުކާރުގެ ވެރިން ލައިޓް އޮންކޮށްގެން ނެށުން ނޫން ގޮތެއް ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް